ފަލަސްތީނު ރައްޔިތުން ގާޒާ އިން ބޭރުކުރުމަށް ފަހު އެމެރިކާ އިން ގާޒާ ހިފާނެ ކަމަށް ޓުރަމްޕު ބުނެފި


05 ފެބްރުއަރީ 2025 - 07:31
ފަލަސްތީނުން ބޭރުކުރުމަށްފަހު އެމެރިކާއިން ޣައްޒާ ހިފާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ފަލަސްތީނުގެ ރައްޔިތުން އަވަށްޓެރި ގައުމުތަކަށް ބަދަލުކުރުމަށް ފަހު ، ހަނގުރާމައިން ފުނޑުފުނޑުވެފައިވާ ޣައްޒާގެ ސަރަހައްދު އެމެރިކާއިން "ދުނިޔޭގެ ރައްޔިތުން" އެތަނުގައި އުޅޭނެ ގޮތަށް އެ ސަރަހައްދު ތަރައްގީ ކުރަން ބޭނުންވާ ކަމަށެވެ.
ޣައްޒާގެ ސަރަޙައްދު އެމެރިކާއިން އަތުލާނެކަމަށާއި، އަދި އެތަނުގެ މިލްކުވެރިކަމާއި، އެތަނުގެ ސައިޓް ލެވެލްގައި ހުރި އެހެން ހަތިޔާރެއްކަމުގައިވާ ނުރައްކާތެރި ބޮންތައް ނައްތާލުމާއި، ހަލާކުވެފައިވާ ޢިމާރާތްތަކުގެ ފެންވަރުން ސަލާމަތްވެ، އިޤްތިޞާދީ ތަރައްޤީ އުފައްދައި، އެސަރަޙައްދުގެ ރައްޔިތުންނަށް އަންލިމިޓެޑް ޢަދަދެއްގެ ވަޒީފާއާއި ބޯހިޔާވަހިކަން ފޯރުކޮށްދޭނެ އިޤްތިޞާދީ ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. އެކަމު އަބުރާ ނުއެއްދެވޭނެ. އަބުރާ ގޮއްސިނަމަ ހަމަ 100 އަހަރު ކުރިހެން ބަދަލުވާނެ
ޓްރަމްޕް ގެ ހައިރާންކުރުވަނިވި ޕްލޭން ހާމަކުރީ ހައްދުފަހަނައަޅަފައިވާ ޒަޔަނިސްޓު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބޭއްވި ނިއުސް ކޮންފަރެންސްގަ އެވެ.
ހަމާސް އިން ޓްރަމްޕަށް ރައްދު ދީ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޓްރަމްޕްގެ ރޭވުންތަކަކީ ސަރަހައްދުގައި ހަލަބޮލިކަމާއި ނުތަނަވަސްކަން އުފެއްދުމުގެ ރެސިޕީއެއް ކަމަށެވެ. ޣައްޒާގައި ތިބި ރައްޔިތުން މި ޕްލޭންތައް ފާސްކުރަން ފުރުސަތެއް ނުދޭނެ ކަމަށް ހަމާސް އިން ވަނީ ބުނެފަ އެވެ.
ނަތަންޔާހޫގެ ދަތުރުފުޅަށް ފާޑުކިޔަން ވޮޝިންޓަން ޑީސީއަށް އެއްވި މުޒާހަރާގެ ބައިވެރިން ވަނީ ޓްރަމްޕް ވައިޓް ހައުސްއަށް "ހަނގުރާމައިގެ ކުށްވެރިއަކަށް" ދައުވަތު ދެއްވި ކަމަށް ތުހުމަތުކޮށްފަ އެވެ.