logo
މެދު އިރުމަތީގެ ހާލަތާ ގުޅިގެން ދިވެހި ސަރުކާރުން ހާއްސަ ކޮމިޓީއެއްBank of Maldives

Bank of Maldives

މި ވެހޭ ބޯ ވާރެޔާއި އޭގެ ސައިންސް

ހަސަން އިޔާން
16 އޯގަސްޓު 2024 - 03:29
ވާރޭގައި މާލޭގައި ފެންބޮޑުވެފައި އޮތް މަގަކުން މީހަކު ބައިސްކަލެއް ދުއްވާފައި ދަނީ.-- ފޮޓޯ: މިހާރު
ވާރޭގައި މާލޭގައި ފެންބޮޑުވެފައި އޮތް މަގަކުން މީހަކު ބައިސްކަލެއް ދުއްވާފައި ދަނީ.-- ފޮޓޯ: މިހާރު

ރާއްޖެއަށް ވާރޭ ވެހޭ އަދަދުތަކުން "އަދާޔާ ހިލާފު" ކަމެއް ފެންނާކަށް ނެތެވެ. އެކަމަކު، އަހަރުން އަހަރަށް ބަލައިފި ނަމަ ވާރޭ ވެހޭ ދުވަސްތައް ދަނީ މަދުވަމުންނެވެ. މޫސުމީ ތަފާސްހިސާބުތަކުން އެކަމަށް ބާރު ދެ އެވެ. ނަމަވެސް، ވާރޭ ވެހޭ ގޮތަށް "އާދަޔާ ހިލާފު" ބަދަލުތަކެއް އަންނަމުންދާ ކަން ވަނީ ފާހަގަކުރެވިފަ އެވެ. އެ ބަދަލުތައް ދިރާސާކޮށް، ބެލުން އަދި އޮތީ އެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖެއަށް މޫސުން ވަރަށް ގޯހެވެ. މާލެ އާއި ރަށްރަށުގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތައް ލިބުނެވެ. ހާލުގައި ޖެހިގެން ބައެއް މީހުން ވަގުތީ ހިޔާތަކަށް ވެސް ބަދަލުކުރަން ޖެހުނެވެ. ވިއްސާރަ އަދިވެސް ކަނޑާނުލަ އެވެ. އެހާ ވައިގަދަ އެވެ. ކަނޑުތައް ވެސް ގަދަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޫސުން ވަރަށް ބޮޑަށް ގޯސްވާނެތީ، ތައްޔާރުވެ ތިބުމަށްޓަކައި މެޓް އޮފީހުން ދުރާލައި، މިދިޔަ ހަފުތާގައި އިންޒާރު ދިނެވެ. އަދި ބޭރުގެ ބައެއް މޫސުމީ އިދާރާތަކުން ވެސް ވަނީ ވެރިރަށް މާލެ އަށް އެވްރެޖުކޮށް މަހަކު ވާރޭ ވެހޭ ވަރަށް ވުރެ ގިނައިން އެންމެ ދެތިން ދުވަސް ތެރޭގައި ވެހޭނެ ކަމަށް ލަފާކޮށްފަ އެވެ.

މޫސުމީ ރެކޯޑުތައް ދައްކާ ގޮތުން، މިދިޔަ ހޯމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް މާލެއަށް ވަނީ 190 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ. މިދިޔަ އޮގަސްޓް މަހު މާލެއަށް ވެހުނީ 193.2 މިލިމީޓަރުގެ ވާރޭ އެވެ. އެއީ ގާތްގަނޑަކަށް އެއް މަސްދުވަހުގެ ވާރޭ އެވެ.

ވިއްސާރަ މޫސުމުގައި އެވްރެޖުކޮށް ރަށްރަށަށް މަހަކު 100-200 މިލިމީޓަރުގެ ވާރޭ ވެހެ އެވެ.

މާލެ އަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް މިހާތަނަށް ރެކޯޑް ކުރެވިފައި ވަނީ ޑިސެމްބަރު 5، 2018 ގަ އެވެ. އެއީ 223.5 މިލިމީޓަރުގެ ވާރޭ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިން އަހަރުވަންދެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް، ޓިއުޝަން ސެންޓަރެއްގެ ވެރިޔަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސްޚަބަރު | 12 ދުވަސް ކުރިންކައުންސިލް އިންތިޚާބުގައި ހުރިހާ ރައްޔިތުން ވެސް އެމްޑީޕީ އަށް ނޫނެކޭ ބުނަންޖެހޭ: ފަލާހްޚަބަރު | 18 ދުވަސް ކުރިންއިލެކްޝަންސްގެ މެމްބަރުކަމަށް ރިފްއަތު އައްޔަންކުރަން މަޖިލީހަށް ހުށަހަޅައިފިޚަބަރު | 19 ދުވަސް ކުރިންދެ އިންތިހާބު އެއްކޮަށްލާ، މަޖިލީހުގެ ދައުރު ކުރުކޮށްލަން މަޖިލީހުން ފާސްކޮށްފިޚަބަރު | 19 ދުވަސް ކުރިން