logo
MPL

MPL

ޚަބަރު

ދެ ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައެޅުމަށް ދިރާސާކުރަން ކޮމިޓީއަށް

ސުދާ ލަތީފް
11 ފެބްރުއަރީ 2025 - 07:04
އަބްދުލްގަފޫރު މުހައްމަދު އަދި އަހުމަދު ސަރީރު
އަބްދުލްގަފޫރު މުހައްމަދު އަދި އަހުމަދު ސަރީރު

ރާއްޖެއިން ދެ ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުންގެ ނަން ހުށަހަޅައިފި އެވެ.

އެ މަގާމުތަކަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތައް މަޖިލީހުގައި މިއަދު ވަނީ އިއްވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ މަޝްވަރާއަށް ހުށަހެޅުއްވީ ކެނެޑާ އަދި މިސްރަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުން އައްޔަން ކުރެއްވުމާ ގުޅޭގޮތުން މަޖިލީހުން ދެކޭގޮތެއް ބެއްލެވުމަށެވެ.

ކެނެޑާއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ހުށަހެޅުއްވީ މިހާރު އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައި ހުންނެވި އަބްދުލްގަފޫރު މުހައްމަދު، މއ. އަތަމާވިލާ އެވެ. އަދި މިސްރުގެ ސަފީރަކަށް ސައުދީ އަރަބިއްޔާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު އައްޔަން ކުރެއްވުމަށް ރައީސް ވަނީ ފޮނުއްވާފައެވެ.

މިކަމާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.
ސަރީރު ވަނީ މީގެ ކުރިން ފޮރިން ސެކްރެޓަރީގެ މަގާމު އަދާކުރައްވާފަ އެވެ. މީގެ އިތުރުން އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓެޓިވްގެ މަގާމާއި އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުވެސް އަދާކުރެއްވި އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒުވާނުންގެ %99 އަކީ ތަޢުލީމީ އާބާދީއެއް: ޤާނޫނު ޒަމާނާ އެއްގޮތަށް ބަދަލުކުރަންޖެހޭ: އައިބީޚަބަރު | 17 ގަޑިއިރު ކުރިންބަޖެޓްގެ ބަހުސްގައި ކޮންމެ މެންބަރަކަށްވެސް 15 މިނެޓްޚަބަރު | ދުވަހެއް ކުރިންމަޝްރޫއުތަކުގެ މަދުވެގެން 70 ޕަސެންޓް ނިންމަން އަމާޒު، ރިޒާވް 900 މިލިއަން ޑޮލަރަށް އަރާނެ ކަމުގެ އުންމީދުރިޕޯޓް | 4 ދުވަސް ކުރިންއަހަރަކު މަދުވެގެން 195 ދުވަހު ކިޔަވައިދޭންޖެހޭ ގޮތަށް ތައުލީމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަނީޚަބަރު | 4 ދުވަސް ކުރިން