logo
MPL

MPL

ޚަބަރު

ބޫޓާން، ސްވިސް ކޮންފިޑަރޭޝަން އަދި ކުވެއިތަށް ސަފީރުން އައްޔަން ކުރުމަށް ރުހުން ހޯދަނީ

އައިޝަތު ދިޔާނާ އަލީ ރިޔާޒް
12 ފެބްރުއަރީ 2025 - 07:17
ބޫޓާން، ސްވިސް ކޮންފިޑަރޭޝަން އަދި ކުވެއިތަށް ސަފީރުން އައްޔަން ކުރުމަށް ރުހުން ހޯދަނީ

ސްޓޭޓް އޮފް ބޫޓާން އާއި ސްޓޭޓް އޮފް ކުވެއިތަށް އަދި ސްވިސް ކޮންފިޑަރޭޝަނަށް ނޮން-ރެޒިޑެންޓް ސަފީރުންގެ ގޮތުގައި ދެ ބޭފުޅެއްގެ ނަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އެ މަގާމުތަކަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތައް މަޖިލީހުގައި މިއަދު ވަނީ އިއްވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ޑރ. މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި މި ތިން ބޭފުޅުންނަށް ރުހުން ދިނުމާ މެދު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

ބޫޓާނަށް ކަނޑައަޅުއްވާ ސަފީރަކަށް ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ސ. ހުޅުދޫ، އަސަރީގެ ޝިއުނީން ރަޝީދު އަދި ކުވެއިތަށް ކަނޑައަޅުއްވާ ސަފީރަކަށް ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މ. ވެސްޓު ސައިޓު އަޙްމަދު ސަރީރު ސްވިސް ކޮންފިޑަރޭޝަނަށް ކަނޑައަޅުއްވާ ސަފީރަކަށް ޖެނިވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖޭއިން ކަނޑައަޅުއްވާފައި ހުންނެވި ދާއިމީ މަންދޫބު މ.ވިލާދޮށުގެ، ޑރ. ސަލްމާ ރަޝީދު އެވެ.

އަދި ތިން ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިއަދުގެ ޖަލްސާގައި ވަނީ ފޮނުވާފައެވެ.

 

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިރާސާއެއް ނެތި އެމްޑީޕީން ކިޔެވުން އަހަރުގެ މެދަށް ބަދަލުކުރުމުން މައިންބަފައިންނަށް ލިބުނީ ބޮޑު ތަކުލީފެއް: ލަތީފްޚަބަރު | 11 ގަޑިއިރު ކުރިންޒުވާނުންގެ %99 އަކީ ތަޢުލީމީ އާބާދީއެއް: ޤާނޫނު ޒަމާނާ އެއްގޮތަށް ބަދަލުކުރަންޖެހޭ: އައިބީޚަބަރު | ދުވަހެއް ކުރިންބަޖެޓްގެ ބަހުސްގައި ކޮންމެ މެންބަރަކަށްވެސް 15 މިނެޓްޚަބަރު | 2 ދުވަސް ކުރިންމަޝްރޫއުތަކުގެ މަދުވެގެން 70 ޕަސެންޓް ނިންމަން އަމާޒު، ރިޒާވް 900 މިލިއަން ޑޮލަރަށް އަރާނެ ކަމުގެ އުންމީދުރިޕޯޓް | 4 ދުވަސް ކުރިން