logo
Bank of Maldives

Bank of Maldives

ޚަބަރު

ސަރުކާރުން ޓެކްސީގެ ހިދުމަތް ދިނުމަށް ޓެކްސީ ލައިން ތައާރަފްކުރަން އެމްޓީސީސީ އަށް

ހުސައިން ވަސީމް
12 ފެބްރުއަރީ 2025 - 08:09
ސަރުކާރުން ޓެކްސީގެ ހިދުމަތް ދިނުމަށް ޓެކްސީ ލައިން  ތައާރަފްކުރަން އެމްޓީސީސީ އަށް

ސަރުކާރުން މާލޭގައި ޓެކްސީގެ ހިދުމަތް ދިނުމަށް "ޓެކްސީ ލައިން" ގެ ހިދުމަތް ތައާރަފުކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި

މިއަދު މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ޝަމީމް އެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓެކްސީ ލައިންގެ ދަށުން މާލޭގައި ޓެކްސީގެ ހިދުމަތް ދޭނީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލްތައް މެދުވެރިކޮށެވެ. އަދި މި ހިދުމަތް ދޭނީ އެކަމަށް ހާއްސަ އެޕްލިކޭޝަނަކުންނެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ ޓެކްސީ ހިދުމަތުގައި ބޭނުން ކުރާނީ ސައްތައިން ސައްތަ ތިމާވެއްޓާ ރައްޓެހި ވެހިކަލްކަމަށެވެ. މިއަހަރުގެ މެދުތެރޭގައި ޓެކްސީ ލައިން މާލެ ސަރަޙައްދަށް ތަޢާރަފްކުރާނެ ކަމަށާ އެ ހިދުމަތް ދިނުމަށް ފުލް ޓައިމްކޮށްނާއި ޕާޓްޓައިމްކޮށް ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮންނާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ ސަރުކާރުން އެ ހިދުމަތް ފެށިނަމަވެސް މިހާރު މާލޭގައި ޓެކްސީ ސެންޓަރުތަކުން ދޭ ޓެކްސީ ހިދުމަތަށް އެއްވެސް
މި ހިދުމަތް ދޭނީ އެހެން ގައުމުތަކުގައިވެސް ބޭނުންކުރާ "އޫބާ" ނުވަތަ "ގްރެބް" ފަދަ އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ އެކަންކުރާނީ ޑްރައިވަރުންގެ ބަދަލުގައި އެމްޓީސީސީން ކަމަށާ ޓެކްސީއަށް އެދޭތާ ދެ ތިން މިނެޓު ތެރޭ ޓެކްސީ ލިބޭޏެ ކަމަށެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވީ ޓެކްސީގެ ޚިދުމަތާ ގުޅެން ބޭނުންވާ މީހުންނަށް އެފުރުސަތު އޮންނާނެ ކަަށެވެ. އެކަމަށޤ ހާއްސަ ޕޫލެއްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާނެކަމަށް އޭނާ ވިދާޅުވި އެވެ. ޓެކްސީ ދުއްވުމުގެ ފުރުސަތު ލިބޭނީ އެކަމަށް ހާއްސަކޮށް ބާއްވާ ޕްރޮގްރާމަކަށް ފަހު އެއިން ފާސްވާ ފަރާތްތަކަށް ކަމަށް ސައުދީ ވިދާޅުވި އެވެ.

ސައުދީ ވިދާޅުވީ ޓެކްސީ ލައިން ތައާރަފް ކުރެވުމުން މާލޭގައި ދިމާވާ ޓެކްސީ ނުލުބުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި މި އަހަރު މި ހިދުމަތް މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދޭން ފަށާނެ އެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިނގިލި އަދި ތިލަފުއްޓަށް އެ ހިދުމަތް ތައާރަފްކުރާނެ އެވެ. ތިން ވަނަ ފިޔަވަހީގައި 2028 ވަނަ އަހަރާ 2029 ވަނަ އަހަރު އެ ހިދުމަތް ރަސްމާލެ، ގިރާވަރު، އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުއްޓަށް ތައާރަފް ކުރުމަށް ވަނީ ނިންމާފަ އެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭ ބޮޑުތަކުރުފާނު މަގުގެ 80 އިންސަތައް މަސައްކަތް ނިމިއްޖެޚަބަރު | 3 ދުވަސް ކުރިންސީޕްލޭން އޮޕަރޭޝަންތަކުގެ ޒަމާނީ އުސޫލުތައް ދެނެގަތުމާ ބެހޭގޮތުންތުން މަޝްވަރާ ކޮށްފިޚަބަރު | 9 ދުވަސް ކުރިންތުޅާދޫ ހޮސްޕިޓަލްގެ އެކޮމޮޑޭޝަން ބްލޮކުގެ މަސައްކަތާއެކު 90 އިންސަތަ ނިމިއްޖެޚަބަރު | 9 ދުވަސް ކުރިންބޮޑުތަކުރުފާނު މަގު ޝީޓްޕައިލް ކުރުމުގެ މަސައްކަތް ނިންމާލައިފިޚަބަރު | 10 ދުވަސް ކުރިން