logoEN
ޚަބަރު

ރައްޔިތުން ހުށައެޅި ކަންތައްތަކުގައި ކައުންސިލުން ވަރުބައްޔެއް ނުވާނެ : މާވަށު ކައުންސިލް ރައީސް

މާވަށު ކައުންސިލްގެ ރައީސް  އަހްމަދު މޫސާ -- ފޮޓޯ: މާވަށު ކައުންސިލް

މާވަށު ކައުންސިލްގެ ރައީސް އަހްމަދު މޫސާ -- ފޮޓޯ: މާވަށު ކައުންސިލް

ރަނާ އަޙްމަދު ފަޔާޒްރަނާ އަޙްމަދު ފަޔާޒް

14 ފެބްރުއަރީ 2025 - 13:11

ރައްޔިތުން ހުށައެޅި އެއްވެސް ކަމެއްގައި ކައުންސިލުން ވަރުބައްޔެއް ނުވާނެ ކަމަށް މާވަށު ކައުންސިލްގެ ރައީސް އަހްމަދު މޫސާ ވިދާޅުވެއްޖެއެވެ.

މޫސަ މިފަދައިން ވިދާޅުވީ މިއަދު ހަބަރު ގަޑީގައި މެންދުރު ޓީވީ އާއި ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައްޔިތުން ޝަކުވާ ހުށައަޅާައިވަނީ އެކައުންސިލުން ކޮންމެ އަހަރަކު ދެ ފަހަރު ބާއްވަމުން ގެންދާ ޖަލްސާގެ ތެރެއިން ރޭ ބޭއްވި ފުރަތަަމަ ޖަލްސާގައެވެ. މި ބައްދަލުވުމުގެ ބޭނުމަކީ ވޭތުވެ ދިޔަ އަހަރު ކައުންސިލުން ކޮށްފައިވާ ކަންތަކާއި ކުރިޔަށް އޮތް ދުވަސްތަކުގައި ކައުންސިލުން ކުރަން ރާވާފައުވާ ކަންތައްތަކުގެ ތަފްސީލުތައް ކިޔައިިދޭ ބައްދަލުވުމެއް ކަމަށް ރައީސް ފާހަގކުރެއްވިއެވެ.

މޫސަ ފާހަގަކުރެއްވީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާ ކަމަށާއި، މި ބައްދަލުވުމުގައި ރައްޔިތުންގެ ކަންބޮޑުވުންތަށް އަޑުއައްސަވާފައިވާ ކަމަށެވެ.

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ރަށުގެ ސިއްހީ ނިޒާމު ދަށް ވެފައި އޮތުން ކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރައްވާފައިވެއެވެ. އަދި ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ވަރަށް ގިނަ ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯދާފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

" ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ރޭގަ އަޅުގަނޑަށް ފާހަގަވި އެއް ކަމެއް ރަށުގެ ސިއްހީ ނިޒާމުގެ ފެންވަރު ދަށްވެފައި އޮތުން. އަދި އެ ސިއްހީ ނިޒާމަށް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވަރަށް ގިނަ ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯދިފައިވާނެ. އެހެންްވީމަ އަޅުގަނޑު މިވަގުތު ލޮބުވެތި މާވަށު ރައްޔިތުންނަށް ދަންނަވާލަން އޮތީ ތި ބޭފުޅުން ރޭގަ އަޅުގަނޑު މެނާ ހުށައެޅި ކަންތައްތަކުގައި އަޅުގަނޑުމެން ކައުންސިލުން ވަރުބައްޔެއް ނުވާނަމޭ." ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން ރައީސް ފާހަގަކުރެއްވީ ރައްޔިތުން ބޭނުންވާ ފެންވަރަށް ކަންތައްތައް ކުރުމަށް ކައުންސިލުން މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ.

މީގެއިތުރުން ވެސް ރަށުގެ ކުނީގެ މައްސަލައާއި ބެހޭގޮތުން ވެސް ގިނަ ބަޔަކު ޝަކުވާ ކޮށްފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިކަންތައް ހައްލުކުރުމަށް ވެމްކޯއާއި އެކު އެމްއޯއީ އެއްގަައި ސޮއެކޮށްފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވީ ރައްޔިތުންގެ ފަރާތުން ޝަކުވާ އައި ގިނަ ކަންތައްތަކެއް ދާދި އަވަހަށް ހައްލު ކޮށްދެއްވާނެކަމަށެވެ

ކޮމެންޓް

871x217_placeholder