logo
ވީއައިއޭ ޓާމިނަލް ވަންނަން ދިޔަ ބެންކް މުވައްޒަފުންގެ އަތުގައި އޮތް ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގެންފިBank of Maldives

Bank of Maldives

ކުޅިވަރު

ރާއްޖެއިން ދެއްކި މޮޅު ކުޅުމާއެކު ވެސް، ކަވާ މުބާރާތުގެ ޗެމްޕިއަންކަން ކްރިގިސްތާނަށް

މަރިޔަމް ޔަނާ އަލީ
12 ސެޕްޓެމްބަރު 2024 - 04:52
ކަވާ ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކްރިގިސްތާނުން ޙާސިލްކުރުން -- ފޮޓޯ/ ރައީސް އޮފީސް
ކަވާ ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކްރިގިސްތާނުން ޙާސިލްކުރުން -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި ކުރިއަށް ދިޔަ ކާވާ ވިމެންސް ވޮލީބޯޅަ ޗެލެންޖް ކަޕްގެ ފައިނަލްގައި ރާއްޖެ ބަލިކޮށް, ކިރްގިސްތާން މުބާރާތުގެ އެއްވަނަ ހޯދައިފިއެވެ.

ރޭ، ސޯޝަލް ސެންޓަރު އެތެރޭ ހޯލުގައި ކުޅުނު ފައިނަލުގައި ރާއްޖޭގެ އަންހެން ގައުމީ ވޯލީ ޓީމުން މޮޅު ކުޅުމެއް ދެއްކިއެވެ. ފޯރިގަދަ ފައިނަލުގައި ރާއްޖޭގެ ގައުމީ ޓިމު ބަލިވީ ތިން ސެޓު، ދެ ސެޓުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެ މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ ކްރިގިސްތާނުންނެވެ. އެ ސެޓު 25-17 އިން އެ ޓީމު ކާމިޔާބުކުރިއިރު، ފޯރިގަދަވި ދެވަނަ ހާފު ރާއްޖެއިން ކާމިޔާބުކުރީ 24-26 އިންނެވެ. ތިންވަނަ ސެޓު 25-18 އިން ކްރިގިސްތާނު ކާމިޔާބުކުރިއިރު، ހަތަރުވަނަ ސެޓު ރާއްޖެއިން ކާމިޔާބުކުރީ 12-25 އިންނެވެ. މެޗުގެ އެންމެ ފަހު ސެޓު ކްރިގިސްތާނުން ކާމިޔާބު ކުރީ 09-15 އިންނެވެ.

369491_e0b25697-5_.jpg

 

ރޭގެ ފައިނަލުން ރާއްޖޭގެ ޓީމުވި ބައްޔާއެކު، އެ ފައިނަލް މިވީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ވޮލީ ޓީމަށް ބައިނަލްއަގުވާމީ ފެންވަރުގައި ލިބުނު ތިންވަނަ ރިހި މެޑަލަށެވެ. އެއީ 2019 ވަނަ އަހަރު ނޭޕާލްގައި ބޭއްވި ސެންޓްރަލް ޒޯނު މުބާރާތުންނާއި، މިދިޔަ އަހަރު މާލޭގައި ބޭއްވި ފޯ ނޭޝަންސް ކަޕް އަދި މި އަހަރުގެ ކާވާ މުބާރާތުންނެވެ.

ކާވާ މުބާރާތުގައި ދިވެހި ޓީމުން މޮޅު ކުޅުމެއް ދެއްކިއެވެ. އެގޮތުން ޖުމްލަ ހަތަރު ގައުމު ވާދަކުރި އެ މުބާރާތުގައި ރާއްޖޭގެ ޓީމު ބަލިވީ ވެސް ހަމައެކަނި ކްރިގިސްތާނު އަތުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ދީމާގެ އަޒްކާގެ ޕެއާއިން މޮންގޯލިއާވެސް ބަލިކޮށްފި ކުޅިވަރު | 6 ދުވަސް ކުރިން''ފޯރީގައި ދަނޑަށް'' ކެމްޕެއިނަށް ބޮޑު ތަރުހީބެއްކުޅިވަރު | 15 ދުވަސް ކުރިންބަލްގޭރިއާ ބަލިކޮށް، އިޓަލީ ވޮލީ ބޯޅައިގެ ދުނިޔޭގެ ރަސްކަމަށްކުޅިވަރު | މަހެއް ކުރިންބަލްގޭރިއާ އިން ޔޫއެސްއާ ދެކޮޅަށް ހައިރާންކުރުވަނިވި ނަތީޖާއެއް ހޯދައި، ސެމީފައިނަލަށް ގޮސްފިކުޅިވަރު | މަހެއް ކުރިން