logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީ ހިންގުން ފަލާހް ހަވާލުކުރި ވާހަކަ ދޮގުކޮށްފި

ހުސައިން ވަސީމް
12 މާރިޗު 2025 - 12:04
ޕީއެންސީ ހިންގުން ފަލާހް ހަވާލުކުރި ވާހަކަ ދޮގުކޮށްފި

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ހިންގުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހްއާއިހަވާލުކުރި ކަމަށް ބުނެ، މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ހަބަރުތައް އެޕާޓީން ދޮގު ކޮށްފި އެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ވަނީ ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ޕާޓީގެ ހިންގުން ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހާއި ހަވާލުކޮށްފައިވާކަމަށެވެ. އަދި ޕާޓީ ހިންގުމުގެ ހުރިހާ ބާރެއް ފަލާހަށް ދީފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެން ނަމަވެސް އެޕާޓީން ވަނީ އެކަން ދޮގުކޮށްފަ އެވެ. ޕީއެންސީން ބުނީ ޗެއާޕާސަން އަބްދުއްރަހީމްގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ނުވާ ކަމަށެވެ. އަދި ޕާޓީގެ ހިންގުން ޕީޖީ ލީޑަރު ފަލާހްއާއި ހަވާލުކުރި ވާހަކަ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

މިވާހަކަފެތުރިފައިވާއިރު ރައީސް ޑރ.މުހައްމަދު މުއިއްޒުއާއި އަބްދުއްރަހީމް އާއި އޮތް ގުޅުން ހީނަރުވެފައިވާ ކަމަށް ބުނެ ވަނީ އަޑުފެތުރިފަ އެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން، އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ވަކިކުރެއްވުމާ އެކު، ރައީސާއި އަބްދުއްރަހީމް އާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ކަމުގެ އަޑުތަކެއް ފެތުރުނެވެ.ނަމަވެސް ރައީސް އާއި އަބްދުއްރަހީމް އާއި އޮތް ގުޅުން ހީނަރު ނުވާކަމަށް މީގެ ކުރިން އަބްދުއްރަހީމްވެސް ވަނީ ވިދާޅުވެފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަޔަކު ދައްކާހާ ވާހަކަޔަކަށް ޕީއެންސީ ނުގުޑާނެ: އަބުދުއްރަހީމްޚަބަރު | 6 ގަޑިއިރު ކުރިންމިއޮތީ އެމްޑީޕީގެ ވެރިކަމުގައި އުތީމު ލަތީފްބެއަށް ދިން އަނިޔާ، ނަޝީދު އެއިރު އިންނެވީ ތާކިހާ އަޅުއްވައިގެންޚަބަރު | 6 ގަޑިއިރު ކުރިންކޮންމެފަހަރަކު ޕީއެންސީ އިން ވެރިކަމާ ހަވާލުވާން ޖެހެނީ އެމްޑީޕީ އިން ހޭވި 'ހަޑި' ސާފުކުރަން: ޝުޖާއުޚަބަރު | 2 ދުވަސް ކުރިންއެމްޑީޕީއަކީ ފަނާކުރުވަނި ފިކުރެއް، ޕީއެންސީ އަކީ ބިނާކުރުވަނިވި ފިކުރު: ރައީސްޚަބަރު | 3 ދުވަސް ކުރިން