logo
ޚަބަރު

ޓޫރިޒަމްގެ ބޭނުމަށް ފަޅުރަށްރަށް ކަނޑައަޅުމުގެ ބާރު ރައީސްއަށްދޭ ބިލު ދިރާސާކުރަން ކޮމިޓީއަށް

ޓޫރިޒަމްގެ ބޭނުމަށް ފަޅުރަށްރަށް ކަނޑައަޅުމުގެ ބާރު ރައީސްއަށްދޭ ބިލު ދިރާސާކުރަން ކޮމިޓީއަށް

ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލުގެ އިހްތިސާސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅުއްވާފައިވަނީ ތިމަރަފުށީ ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ރިޔާޒުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެންބަރު އަހުމަދު ހުށަހެޅި އިސްލާހުގައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށް ނުވަތަ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގައި، އެ ރަށެއް ނުވަތަ ސިޓީއެއްގެ ބިނާވެށިގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން، ޓޫރިޒަމްގެ ބޭނުމަށް ތަރއްޤީކުރާ ބިން ކަނޑައަޅާނީ، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ރަށް ނުވަތަ ސިޓީ ކައުންސިލުންނެވެ.

ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރަމުންދާ ތަންތަން އަލުން ތަރައްގީ ކުރުމަށް ބަންދުކުރުމާ ގުޅޭ މާއްދާވަނީ އިތުރުކޮށްފައެވެ. އެ މާއްދާގައިވާގޮތުން ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރަމުންދާ ތަންތަނުގެ ފެންވަރު މަތިކުރުމަށް ބަންދުކުރެވޭނީ ފަތުރުވެރިކަމާބެހޭ ވުޒާރާއިން އެކުލަވައިލާ ގަވާއިދާ އެއްގޮތަށް އެތަނެއްގެ ކުލީގެ އެއްބަސްވުން އިސްލާހުކުރުމަށްފަހުއެވެ.

މި އެއްބަސްވުމުގެ މުއްދަތުގައި ރީޑިވެލޮޕް މަސައްކަތް ނުނިމޭނަމަ އެ ފަރާތަކާމެދު ފިޔަވަޅު އަޅައި، ކުލީ އެގްރީމަންޓް ބާތިލުކުރުމުގެ އިޙްތިޔާރުވެސް މި އިސްލާހުގެ ދަށުން ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ލިބޭނެއެވެ. މި އިސްލާހު ބާތިލުކުރުމަށް ސަރުކާރުން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ކައުންސިލްތައް ބާރުވެރިކުރުވުމަށް އެ ރަށެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ފަޅުރަށްތައް ދެއްވަން ނިންމަވާފައެވެ. ރައީސް އިއުލާންކުރެއްވި ސިޔާސަތުގެ ދަށުން ފަޅުރަށް ހޯދުމަށް އެދި ހުށަހެޅި ކައުންސިލްތަކަށް ފަޅުރަށް ހަވާލުކުރަންވެސް ނިންމާފައިވެއެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކަށް ފަޅު ރަށް ދޫކުރާ މުއްދަތު 10 އަހަރުން 25 އަހަރަށް އިތުރުކުރުމަށް މިހާރު ނިންމަވާފައިވާކަމަށެވެ. އަދި އިޚްތިސާސުގައި ހިމެނޭ ރަށްތަކުން ފަޅު ރަށެއް ހޯދުން ނުވަތަ ކައިރީގައި ފަޅު ރަށް ނެތް ރަށްތަކަށްވެސް ފަޅު ރަށް ހޯދުމުގެ ފުރުސަތު އޮންނާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މުއިއްޒުއާއި ޗައިނާގެ ރައީސްގެ ބައްދަލުވުމާއެކު ދެ ގައުމުގެ ކުރިއެރުމަށް އިތުރު މަގުތަކެއް ތަނަވަސްވެގެން ދިޔަ: ސައީދުޚަބަރު | 3 ގަޑިއިރު ކުރިންދުޢާ އަކީ ގައުމީ ޔުނިވާސިޓީ އަކީ ކާމިޔާބު، ފެންވަރު ރަނގަޅު ޢިލްމީ ހިޔާވައްސަކަށް ވުން: ރައީސްޚަބަރު | 4 ގަޑިއިރު ކުރިންދިވެހި ފުލުހުން ރެޔާ ދުވާލު ކުރާ ބުރަ މަސައްކަތަށް ރައީސްގެ ޝުކުރުޚަބަރު | 4 ގަޑިއިރު ކުރިންމާމައިންނާއި ކާފައިންނަކީ ހެޔޮ ރަޙްމަތެއް: ރައީސް ޚަބަރު | 6 ގަޑިއިރު ކުރިން