logo
MPL

MPL

ވިޔަފާރި

ތުލުސްދޫގައި ސްޓެލްކޯގެ އައު ކޮމްޕްލެކްސް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
25 މާރިޗު 2025 - 01:48
ތުލުސްދޫގައި ސްޓެލްކޯގެ އައު ކޮމްޕްލެކްސް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކ. ތުލުސްދޫގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އަލަށް ޤާއިމްކުރަން ނިންމާފައިވާ އިންޖީނުގެއާއި ކަސްޓަމަރ ސަރވިސް ބިލްޑިންގ އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.

މިކަމަށް ސްޓެލްކޯ ހެޑްއޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އާއި މަސައްކަތާ ހަވާލުވި ސަންވިލް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ރާފިއުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، ތުލުސްދޫއަކީ މާލެއަށްފަހު އެ ކުންފުނީގެ ޚިދުމަތް ފެށި ފުރަތަމަ ރަށްކަމަށެވެ. އަދި މިހާރު ހިނގަމުންދާ ޕަވަރހައުސްއަކީ ވަރަށް ފެންވަރު ރަނގަޅު ޕަވަރހައުސްއެއްކަމަށާއި، ނަމަވެސް މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި ޕަވަރހައުސްއަކަށްވާތީ، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާ އެއްގޮތަށް އަރބަން ސެންޓަރުތަކާ ދުރުގައި ޕަވަރހައުސްތައް އެޅުމަށްޓަކައި، ތުލުސްދޫ ޕަވަރހައުސް އަލަށް ހިއްކާފައިވާ ސަރަޙައްދަށް ބަދަލުކުރާ ކަމަށް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ތުލުސްދޫގެ އައު އިންޖީނުގޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ 175 ދުވަހުގެ ތެރޭގައި ނިންމުމަށް، 11.9 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫޢު ނިމުމުން ތުލުސްދޫގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާވެ، ރަށުގެ ތަރައްޤީއަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިނަދޫ ސިޓީގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއިން ރަސްމީކޮށް ފަށައިފިޚަބަރު | 7 ދުވަސް ކުރިންސްޓެލްކޯއިން ތިނަދޫ ކަރަންޓުގެ ހިދުމަތާ ހަވާލުވެއްޖެ ވިޔަފާރި | 8 ދުވަސް ކުރިންސްޓެލްކޯއިން ހޯރަފުށީގައި 1 މެގަވޮޓްގެ ޖަނަރޭޓަރެއް ރަސްމީކޮށް އިފްތިތާހުކޮށްފިޚަބަރު | 10 ދުވަސް ކުރިންސްޓެލްކޯއިން ފުވައްމުލަކުގެ ކަރަންޓުގެ ޚިދުމަތާ ހަވާލުވެއްޖެޚަބަރު | 15 ދުވަސް ކުރިން