logo
Bank of Maldives

Bank of Maldives

ޚަބަރު

އިންސާނީ ކަރާމާތް ނުގެއްލޭ ގޮތަށް މީޑިއާތަކުން ކޮންޓެންޓު ގެނައުމަށް އެޗްއާރުސީއެމުން ގޮވާލައިފި

ހުސައިން ވަސީމް
25 މާރިޗު 2025 - 18:14
އިންސާނީ ކަރާމާތް ނުގެއްލޭ ގޮތަށް މީޑިއާތަކުން ކޮންޓެންޓު ގެނައުމަށް އެޗްއާރުސީއެމުން ގޮވާލައިފި

މީޑިއާތަކުން ބްރޮޑްކާސްޓްކުރާ ކޮންޓެންޓު ގެނެސްދިނުމުގައި މުޖުތަމައުގެ އެއްވެސް ފަރުދެއްގެ އިންސާނީ ހަައްޤާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ގެނެސްދިނުމަށް  ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް، އެޗްއާރްސީއެމުން ގޮވާލައިފި އެވެ.

އެޗްއާރުސީއެމް އިން ބުނީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ”ކާލާ ބައިސާ“ ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދަށް ބައެއްގެ ގޮތަށް އަދި މަލާމާތް ރައްދުވާ މޭރުމަކުން ވާހަކަދައްކާފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް މުޖުތަމައުގެ އެހެންމީހުންނެކޭ އެއްގޮތަށް އިންސާނީ ހައްޤުތައް އެއްހަމައެއްގައި ލިބިދީފައިވާ ބައެއް ކަމަށެވެ. އަދި ކޮންމެ މީހަކަށްވެސް އަބުރުވެރިކަމާ ކަރާމާތްތެރިކަމާއެކު ދިރިއުޅުމުގެ ހައްޤު ލިބިދީފައިވާ ކަމަށް އެޗްއާރުސީއެމުން ބުނެ އެވެ. އެހެންވީމާ މިފަދަ އަމަލުތައް ނުކުރުމަށާއި އަދި މީޑިއާތަކުން ގެނެސްދޭ މަންޒަރާއި އަޑު އަދި މައުލޫމާތު ގެނެސްދިނުމުގައި މުޖުތަމައުގެ އެއްވެސް ފަރުދެއްގެ އިންސާނީ ހަައްޤާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ގެނެސްދިނުމަށް އެޗްއާރުސީއެމުން ވަނީ ގޮވާލަފަ އެވެ.

މިފަދަ މައްސަލަތައް ބެލުމަށް ކަމާގުޅުންހުރި އިދާރާތަކަށް އެޗްއާރުސީއެމުން ވަނީ ގޮވާލާފަ އެވެ.

ހާއްސަ ރައްކާތެރިކަން ބޭނުންވާ ކުދިންނަށް ހަޖޫޖަހާނަމަ، އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް ބްރޮޑްކާސްޓިން ކޮމިޝަނުންވެސް ވަނީ ބުނެފައެވެ.

ރާއްޖެ ޓީވީ އިން ގެނެސްދިން ކޮންޓެންޓު ގިނަ ބަޔަކު އަންނަނީ ކުށްވެރިކުރަމުންނެވެ. އަދި އެ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް އާންމުން އަންނަނީ ގޮވާލަމުންނެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޗްއާރުޗީއެމްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިޚަބަރު | 9 ދުވަސް ކުރިންއެޗްއާރުސީއެމްގެ މެމްބަރުކަމުގެ މަޤާމަށް ދެ ބޭފުޅަކު ޢައްޔަންކުރައްވައިފިޚަބަރު | 11 ދުވަސް ކުރިންއެޗްއާރްސީއެމްއަށް ޝަފީގު އައްޔަނުކުރަން ރުހުން ދީފި ޚަބަރު | މަހެއް ކުރިންއެޗްއާރްސީއެމްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިފިޚަބަރު | 3 މަސް ކުރިން