logoEN

މިޔަންމާގެ ބިންހެލުން: މުސްލިމުންނާ ދެކޮޅު ހަމަލާތައް އަދިވެސް ކުރިއަށް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

31 މާރިޗު 2025 - 10:11

ދެކުނުއިރުމަތީ އޭޝިޔާގެ ޤައުމެއް ކަމުގައިވާ މިޔަންމާއަށް މާރިޗު 28ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެ ޤައުމަށް ކާރިސާއެއް ކުރިމަތިވެފައިވީ ނަމަވެސް ސަރުކާރާ ދެކޮޅު ފަރާތްތަކާއި މުސްލިމުންނާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން ދެމުންދާ ޙަމަލާތައް މެދުކަނޑައިލާފައި ނުވާ ކަން ހާމަވެއްޖެއެވެ.

މި ކަން ހާމަކޮށްފައި ވަނީ މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޖަމާޢަތެއް ކަމުގައިވާ ކަޔީން ނޭޝަނަލް ޔޫނިއަން (ކޭއެންޔޫ)އާއި އިންސާނީ އެހީދޭ ޖަމުޢިއްޔާތަކުންނެވެ.

ބިންހެލުމުގައި އެ ސަރަޙައްދުތަކުން ގިނަ އަދަދެއްގެ އިމާރާތްތަކަށް ގެއްލުންވެ، ބައެއް އިމާރާތްތައް ވެއްޓިފައިވާއިރު، އޭގެ ތެރޭގައި ޢާންމުންގެ ގެދޮރާއި، މިސްކިތްތަކާއި، ފައްޅިތަކާއި، ހަސްފަތާލު ފަދަ އިމާރާތްތައް ހިމެނެއެވެ.

މީގެ އިތުރުން، މަގުތަކާއި ޢުމްރަނީ އެހެން ވަސީލަތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ އެތަކެއް ސަތޭކަ ބަޔަކު ހޯދައި، ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި އެ ޤައުމުގެ އަސްކަރީ ސަރުކާރުން ބުންޏެވެ.

އެ ކަމުގައި އެހީތެރި ކަން ފޯރުކޮށްދިނުމަށް ބޭރު ޤައުމުތަކުން ވެސް ވަނީ ޓީމުތައް ފޮނުވާފައެވެ.

ރިކްޓަރ މިންގަނޑުން 7.7ގައި ރެކޯޑު ކުރެވިފައިވާ ބިންހެލުމާ ގުޅިގެން ވެއްޓުުނު އިމާރާތްތަކުގެ ދަށުވެ، މަރުވި މީހުންގެ އަދަދު ވަނީ 1,700އަަށްވުރެ މައްޗަށް އުފުލިފައެވެ. އަދި، ޒަޚަމުވެފައިވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.

ތައިލެންޑްގެ ވެރިރަށް ބެންގކޮކާއި ޗައިނާގެ ޔުންނާން ޕުރޮވިންސަށް ވެސް ލޮޅުންތަކުގެ އަސަރު ކޮށްފައިވާ ބިންހެލުމުގައި މިޔަންމާއިން އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ މެދުތެރޭގައި އޮތް މަންދަލީއާއި ނީޕީޓޯއަށެވެ.

ކޮމެންޓް

871x217_placeholder