logoEN

މިޔަންމާ ބިންހެލުން: ގަދަ ހޫނާއި ވިއްސާރައިގެ ސަބަބުން ބަލިތައް ފެތުރެނީ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

03 އޭޕްރީލު 2025 - 16:06

ދެކުނުއިރުމަތީ އޭޝިޔާގެ ބައެއް ޤައުމުތަކަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން މިޔަންމާގައި މަރުވި މީހުންގެ އަދަދު މިހާރު 3،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، ގަދަ ހޫނާއި ވިއްސާރައިގެ ސަބަބުން ބަލިތައް ފެތުރުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށް އެހީދޭ ޖަމްޢިއްޔާތަކުން ބުނެފިއެވެ.

މިޔަންމާގެ ސަރުކާރުގެ ހިންގާ އަސްކަރިއްޔާއިން ބުނީ، އެ ހާދިސާގައި މަރުވި މީހުންގެ އަދަދު މިއަދާ ހަމައަށް 3،085 އަރާފައިވާ ކަމަށާއި ޒަހަމްވެ، ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 4،715 އަރައިފައިވާ ކަމަށެވެ. އޭގެ ގެއިތުރުން، 341 މީހުން ގެއްލިގެން ރިޕޯޓުކޮށްފައިވާ ކަމަށް ވެސް އަސްކަރީ ސަރުކާރުން ބުންޏެވެ.މިޔަންމާގެ އަހުލީހަނގުރާމައާ ގުޅިގެން ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަން ވެސް އެހީދޭ ޖަމްޢިއްޔާތަކާއި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމްޢިއްޔާތަކުން ދަނީ ބުނަމުންނެވެ.ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ބުނީ، އެއް މިލިއަން ޑޮލަރުގެ އެހީ ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށާއި، ނަމަވެސް، ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަޙައްދުތަކުގައި ކޮލެރާ ފަދަ ބަލިތައް ފެތުރުމުގެ ނުރައްކާ ބޮޑުކަމަށެވެ.

ރިކްޓަރ މިންގަނޑުން 7.7ގައި ރެކޯޑު ކުރެވިފައިވާ ބިންހެލުން އައިސްފައި ވަނީ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ތައްޔާރުވަމުން ދިޔަ ވަގުތުގައެވެ. ބިންހެލުމުގެ ލޮޅުންތަކާ ގުޅިގެން ވެއްޓުނު އިމާރާތްތަކުގެ އަދަދު ސާފުވެފައި ނެތް ނަމަވެސް، ޢާންމުންގެ ގެދޮރާއި، ހަސްފަތާލުތަކާއި، މަދަރުސާތަކާއި، މިސްކިތްތަކުގެ އިތުރު ގިނަ އަދަދެއްގެ ފައްޅިތައް ވެސް ބިންހެލުމާ ގުޅިގެން ވެއްޓުނެވެ.

އަދި، މަގުތަކާއި ބުރިތަކުގެ އިތުރުން އެހެނިހެން ޢުމްރާނީ ވަސީލަތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ކޮމެންޓް

871x217_placeholder