logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ދުނިޔެ

ޓްރަމްޕާއި ނަތަންޔާހޫގެ ދެވަނަ ބައްދަލުވުން: ޣައްޒާ ހުސްކޮށް އެމެރިކާއިން އެ ބިން ކޮންޓްރޯލްކުރުމުގެ މަޝްވަރާތައްކޮށްފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
8 އޭޕްރީލު 2025 - 07:53
ޓްރަމްޕް އާއި ނަތަންޔާހޫ
ޓްރަމްޕް އާއި ނަތަންޔާހޫ

އެމެރިކާގެ ހަރުކަށި ރައީސް ޑޮނާލްޑް ޓްރަމްޕް އާއި ނިރުބަވެރި ދައުލަތް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ދެވަނަ ބައްދަލުވުން އިއްޔެ ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ދެ ވެރިން ވަނީ ޣައްޒާގެ ބިން ހުސްކުުރުމަށް ޓްރަމްޕް ގެންގުޅޭ ސިޔާސަތާ ގުޅޭ ގޮތުން އަނެއްކާ ވެސް މަޝްވަރާކޮށްފައެވެ. އެގޮތުން އޯވަލް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ ޣައްޒާ ހުސްކުރުމަށް ބޭނުންވާކަން ތަކުރާރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ޓްރަމްޕް ބުނީ، ޣައްޒާއަކީ ވަރަށް މުހިންމު ބިމެއް ކަމަށާއި، އެމެރިކާފަދަ ސުލްޙައިގެ ބާރެއް އެތަނުގައި އޮތުމަކީ ޣައްޒާގެ ހަމަޖެހުމަށް މުހިންމުކަމެއް ކަމަށެވެ. އެހެންކަމުން އެތަން އެމެރިކާއިން މިލްކުކުރުމަކީ ރަނގަޅުކަމެއްކަމުގައި ޓްރަމްޕް ބުންޏެވެ.

މީގެ އިތުރުން ޓްރަމްޕް ބުނީ، ޣައްޒާގެ ރައްޔިތުން ބަލައިގަންނާނެ އެހެން ގައުމުތައް ވާނެ ކަމަށާއި، އެމެރިކާއާ ގުޅިގެން އެކަން ކުރާނެ ގައުމުތައް ވެސް އެބަހުރި ކަމަށެވެ. އަދި އޭނާ ހުށަހެޅި ޣައްޒާގެ ކޮންސެޕްޓަށް ވަރަށް ގިނަ ފަރާތްތަކުގެ ތާއީދު ލިބިފައިވާ ކަމުގައި ވެސް ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް އެފަދައިން ބުނިއިރު، ޣައްޒާއާ މެދު ޓްރަމްޕް ގެންގުޅޭ ތަސައްވަރު މުޅި ދުނިޔެއިން ދަނީ ކުށްވެރިކުރަމުންނެވެ. އެގޮތުން އދ. އާއި އަރަބި ޤައުމުތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެކަމަކީ ނަސްލެއް ނައްތާލުމުގެ ގޮތުގައި އެ ގައުމުތަކުން ވަނީ ސިފަކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރަމްޕް ހިމެނޭހެން އެމެރިކާގެ އިސްވެރިންތަކެއް މަރާލަން އުޅުނުކަމުގެ ތުހުމަތު ޕާކިސްތާން މީހަކަށްދުނިޔެ | 6 ދުވަސް ކުރިންރާއްޖޭގެ ގޮވާލުމެއް: ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބަޢަވަންދެން ޔަހޫދީ ދައުލަތަށް ފިޔަވަޅު އަޅާ!ޚަބަރު | 18 ދުވަސް ކުރިންމެދުއިރުމަތި: ޣައްޒާ ކާބޯތަކެއްޗާއި ބޭހަށްޖެހުމުގެ ތުންފަތްމަތީގައިދުނިޔެ | 19 ދުވަސް ކުރިންފީފާގެ ނިވަލުގައި ސުލްޙައިގެ އިނާމުހޯދައި އިރާނަށް ޓެރަރިސްޓް ހަމަލާދިން ޓްރަމްޕް ގޯޓް މެސީ އާއި ބައްދަލުކޮށްފިކުޅިވަރު | 24 ދުވަސް ކުރިން