logo
Bank of Maldives

Bank of Maldives

ޚަބަރު

ޖާގައިގެ ދަތިކަމާ ހުރެ ޖަލާލުއްދީން ސްކޫލް ދެ ދަންފަޅިއަށް

އާމިނަތު ޝަފާ
9 އޭޕްރީލު 2025 - 05:19
ޖާގައިގެ ދަތިކަމާ ހުރެ ޖަލާލުއްދީން ސްކޫލް ދެ ދަންފަޅިއަށް

ޖާގައިގެ ދަތިކަމާ ހުރެ ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލް ދެ ދަންފަޅިއަށް ބަދަލުކޮށް ކިޔަވައިދޭން ފަށައިފިއެވެ.

މި ދިރާސީ އާ އަހަރު ދެ ދަންފަޅިއަށް ކިޔަވައިދޭން އެ ސްކޫލުން ފެށީ 779 ދަރިވަރުންނާ އެކުގައެވެ. މި އަހަރު 97 ދަރިވަރުން އެ ސްކޫލާ އަލަށް ގުޅިފައިވެއެވެ. ގުރޭޑް 12އާ ހަމައަށް ކިޔަވައިދޭ ޖަލާލުއްދީނަށް ވަންނަ ކުދިންގެ އަދަދު އޭލެވެލްގެ އާ ބެޗާއެކު އިތުރުވާނެ ކަމަށް ބެލެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖަލާލުއްދީން ސްކޫލުގެ ޖާގައިގެ މައްސަލަ ހައްލު ކުރުމަށް އިމާރާތް ކުރަން ފެށި އަށް ކުލާސްރޫމް ހިމެނޭ ބްލޮކްގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 9.2 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކުރި ނަމަވެސް މަސައްކަތް ކުރިއަށް ނުދެއެވެ.

ކުޅުދުއްފުށީގައި ސަރުކާރުން ހިންގާ ތިން ސްކޫލުގައި ވެސް މިހާރު ކިޔަވައި ދެނީ ދެ ދަންފަޅިއަށެވެ. އެ ތިން ސްކޫލުގައި މި އަހަރު 2947 ދަރިވަރުން ކިޔަވަމުން ގެންދެއެވެ. އެއީ މިދިޔަ ދިރާސީ އަހަރު ކިޔެވި 3009 ދަރިވަރުންނާ އަޅާބަލާއިރު 62 ދަރިވަރުންގެ މަދުވުމެކެވެ.

ކުޅުދުއްފުށީގައި އެންމެ ގިނަ ދަރިވަރުން ކިޔަވަން ދަނީ އަފީފުއްދީން ސްކޫލަށެވެ. އެ ސްކޫލުގައި މި އަހަރު 1024 ދަރިވަރުން ކިޔަވަމުން ގެންދާއިރު، އެ ސްކޫލަށް އަލަށް ވަން 115 ދަރިވަރުން މީގެ ތެރޭގައި ހިމެނެއެވެ. ޖާގައިގެ ދަތިކަމާ ހުރެ އަފީފުއްދީން ސްކޫލުން ދެ ދަންފަޅިއަށް ކިޔަވައިދޭން ފެށީ 2022 ވަނަ އަހަރުން ފެށިގެންނެވެ.

އަލަށް ކިޔަވަން ފެށި 102 ދަރިވަރުންނާއެކު ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އާބާދީ ވެސް 1008އަށް އަރާފައިވެއެވެ. ކުރިން ޕްރައިމަރީ އާ ހަމައަށް ކިޔަވައިދިން މި ސްކޫލުގައި މިހާރު ކިޔަވައި ދެނީ ގުރޭޑް 10އާ ހަމައަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްޠީނުގެ ކުދިންނާއި މުދައްރިސުންނަށް ރައްކާތެރި ތަޢުލީމީ މާޙައުލެއް ޤާއިމުކޮށްދޭން ގޮވާލައިފިޚަބަރު | 7 ދުވަސް ކުރިންޔުނެސްކޯގެ މިނިސްޓީރިއަލް ޑައިލޮގުގައި ތަޢުލީމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރޚަބަރު | 12 ދުވަސް ކުރިންސްކޫލްތަކުގައި ހުންނަންޖެހޭ މިނިމަމް އިންފްރާސްޓްރަކްޗާ ސްޓޭންޑާޑްސް އެކުލަވާލަނީޚަބަރު | މަހެއް ކުރިން210 ބައިވެރިންނާއެކު ޕްރިންސިޕަލުންގެ މަހާސިންތާ ފަށައިފިޚަބަރު | މަހެއް ކުރިން