މުޝްފިގުގެ މައްޗަށް މާދަމާ ހުކުރު ނަމާދަށް ފަހު ޣައިބަށް ކުރެވޭ ކަށުނަމާދު ކުރަނީ


10 އޭޕްރީލު 2025 - 10:36
"ހޮޅުދޫ ބޯޓް" ގައި މި މަހުގެ ދެވަނަ ދުވަހުގެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު ޒުވާނާގެ މައްޗަށް މާދަމާ ކަށުނަމާދު ކުރަން ނިންމައިފި އެވެ.
ލ. މާވަށު ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނީ މުޝްފިގުގެ މައްޗަށް ކަށުނަމާދު ކުރާނީ ހުކުރު ނަމާދަށްފަހު އެ ރަށު މަސްޖިދުލް ބިލާލުގައި ކަމަށެވެ. ކަށުނަމާދުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން އެދެއެވެ.
އުމުރުން 25 އަހަރުގެ މުޝްފިގު ހޯދަން އެމްއެންޑީއެފްގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި އެންމެ ފަހުން އާންމުކުރި މައުލޫމާތަށް ބަލާއިރު 92.42 ސްކުއެއާ ނޯޓިކަލް މޭލް ވަނީ ބަލާފައެވެ. އަދި ޑައިވްކޮށްގެން ކަނޑު އަޑީގެ 65100 އަކަ މީޓަރު ބަލައިފައެވެ.
މިކަމާ ގުޅިގެން މާވަށު ކައުންސިލުން މެންދުރު ޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މުޝްފިޤް ހޯދުމުގެ މަސައްކަތް ހުއްޓާލީކަމަށް އެމްއެންޑީއެފްއިން އާއިލާއަށް އަންގާފައިވާކަމަށާއި ވުމާއެކު އާއިލާއިން ބޭނުންވަނީ މާދަަމާ ހުކުރު ނަމާދަށް ފަހު ޣައިބަަށް ކަށުނަމާދު ކުރުމަށްކަމަށެވެ.
އިތުރު ލިޔުންތައް
