logo
Bank of Maldives

Bank of Maldives

ދުނިޔެ

ހައްޖު ވިސާއާ ނުލައި މައްކާއަށް ވަނުން މިމަހުގެ 29 އިން ފެށިގެން މަނާ

މުހައްމަދު މޫސާމުހައްމަދު މޫސާ
13 އޭޕްރީލު 2025 - 03:06
ހައްޖު ވިސާއާ ނުލައި މައްކާއަށް ވަނުން މިމަހުގެ 29 އިން ފެށިގެން މަނާ

 

ސައުދީ އަރަބިއްޔާގެ އިންޓީރިއާ މިނިސްޓްރީން މިއަދު އިއުލާން ކުރި ގޮތުގައި، މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން ހައްޖު ވިސާއާ ނުލައި މައްކާއަށް ވަނުން މަނާކުރަން ނިންމައިފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ މިއަހަރުގެ ހައްޖު މޫސުމުގެ ކުރިން އެ މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ގަވާއިދުތަކުގެ ތެރެއިން އެއް ގަވާއިދެވެ.

ސައުދީ ގެޒެޓުގައި އާންމުކޮށްފައިވާ ލިޔުމެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން ހައްޖު ވިސާ ފިޔަވައި އެހެން ވިސާއެއް އޮތް މީހަކަށް ސައުދީ އަރަބިއްޔާއިން މައްކާއަށް ވަނުން މަނާކުރެވޭނެއެވެ. މީގެ އިތުރުން، އޭޕްރީލް 23 އިން ފެށިގެން ސައްހަ ހުއްދައެއް ނެތި ބިދޭސީންނަށް ވެސް މައްކާއަށް ވަނުން މަނާކުރެވޭނެއެވެ.

ނަމަވެސް، ވަކި ބައެއްގެ މީހުންނަށް މައްކާއަށް ވަނުމުގެ ހުއްދަ ކުރުމަށް ނިންމާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ، މައްކާގައި ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ ސައުދީ ރައްޔިތުންނާއި، ސައްހަ ހައްޖު ހުއްދައެއް އޮންނަ މީހުންނާއި އަދި މާތް ތަންތަނުގައި މަސައްކަތް ކުރުމުގެ ހުއްދަ ލިބިފައިވާ މީހުން ނެވެ.

މި ހުއްދަތަކަށް އެދި އޮންލައިންކޮށް އަބްޝެރް އިންޑިވިޖުއަލްސް ޕްލެޓްފޯމް ނުވަތަ މުޤީމް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ސައުދީ ގެޒެޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިއީ މިއަހަރުގެ ހައްޖު މޫސުމުގެ ކަންކަން ބަލަހައްޓައި، ހުރިހާ ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅުތަކެކެވެ. އަދި ޝައްވާލް މަހުގެ އުމްރާގެ އަޅުކަން އަދާކުރުމަށް އުމްރާވެރިން ސައުދީއަށް ދެވޭނެ އެންމެ ފަހު ދުވަހަކީ މިއަދު ކަމަށާއި، މި އުމްރާވެރިން އުމްރާ ނިންމުމަށްފަހު ސައުދީން ފުރަންޖެހޭނީ މި މަހުގެ 29 ވަނަ ދުވަހުގެ ކުރިން ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. އޭގެ ފަހުން ވަގުތީ ގޮތުން މައްކާ ބަންދުކުރެވޭނީ ހައްޖުގެ އަޅުކަމަށް ތައްޔާރުވުމަށްޓަކައެވެ.

ސައުދީގެ އިންޓީރިއާ މިނިސްޓްރީން ވަނީ މި ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކަށް ގާނޫނީ އަދަބު ލިބޭނެ ކަމުގެ އިންޒާރުދީފައެވެ. އަދި ހުރިހާ ފަރުދުންނާއި ހައްޖުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކާއި ތަންތަނުން މި ގަވައިދުތަކަށް އަމަލު ކުރުމަށް ގޮވާލާފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ޙައްޖުވެރިންގެ 3ވަނަ ގުރޫޕު ރާއްޖެ އައިސްފި ޚަބަރު | 3 މަސް ކުރިންހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ރާއްޖެ އަތުވެއްޖެ ޚަބަރު | 3 މަސް ކުރިންހައްޖުވެރިން ބަލާ ވީހާވެސް މަދުބަޔަކު އެއާޕޯޓަށް ދިއުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިޚަބަރު | 3 މަސް ކުރިންޙައްޖުގައި ތިބޭ މުއްދަތު ކުރުކޮށްލިކަމަށް ބުނާ ވާހަކަތަކަކީ ދޮގެއް: ޝަހީމްޚަބަރު | 3 މަސް ކުރިން