logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔުނައިޓެޑުން ލީގު ދޫކޮށްލީ ޔޫރޮޕާ ލީގު ކާމިޔާބުކުރަން - ޔުނައިޓެޑުގެ ސަޕޯޓަރުން

އަބްދުﷲ ޣާނިމް
14 އޭޕްރީލު 2025 - 04:13
ޔުނައިޓެޑުގެ މިސީޒަނުގެ ހުރިހާވެސް އަމާޒެއް ހުރީ ޔޫރޮޕާ ލީގާއި ދިމާލަށް. ފޮޓޯ: ޔުނައިޓެޑް
ޔުނައިޓެޑުގެ މިސީޒަނުގެ ހުރިހާވެސް އަމާޒެއް ހުރީ ޔޫރޮޕާ ލީގާއި ދިމާލަށް. ފޮޓޯ: ޔުނައިޓެޑް

މެންޗެސްޓަރ ޔުނައިޓެޑް ލީގުގައި ހޯދަމުންގެންދާ ނަޖީތާތަކަކީ އެޓީމު ޔޫރަޕު ފުޓްބޯޅައިގެ ޖާގައެއް ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން ޔޫރޮޕާ ލީގު ކާމިޔާބު ކުރުމަށް އިސްކަންދީނުމުގެ ނަތީޖާކަމަށް ޔުނައިޓެޑުގެ ސަޕޯޓަރުން ބުނަން ފަށައިފިއެވެ. ޔުނައިޓެޑުގެ ސަޕޯޓަރުން މިހެން ބުނެފައިވަނީ ރޭގެ މެޗުގައި ބަލިވުމަށްފަހު މީސްމީޑިޔާގައި ޝުއޫރުފާޅުކުރަމުންނެވެ.

Screenshot 2025-04-14 094749.png

ޔުނައިޓެޑުގެ ސަޕޯޓަރުން މިހާރު އިސްކަންދެނީ ޔޫރޮޕާ ލީގަށް.. ފޮޓޯ: ފޭސްބުކް

Ad by Hajj Corporation

Ad by Hajj Corporation

 

ޔުނައިޓެޑުވަނީ ރޭގައިވެސް ލީގުގައި ނިކުކާސްލް ޔުނައިޓެޑް އަތުން 4-1 އިން ވަނީ ބަލިވެފައެވެ.
ނިއުކާސަލްގެ ޖޭމްސް ޕާކްގައި ކުޅުނު މިމެޗުގައި ގޯލުޖަހައި ފުރަތަމަ ލީޑިނެގީ ނިއުކާސަލްއިންނެވެ. މިގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 24 ވަނަމިނެޓުގައި ޓޯނާލީއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުގެ ފޯވާޑް ގަނަރޗޯ ވަނީ ގޯލުޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

ދެވަނަ ހާފުގައި ނިއުކާސްލަ ވަނީ ތަފާތު މޮލުޅުޅުމެއް ދައްކައި އިތުރު 3 ގޯލުޖަހާފައެވެ. އެގޮތުން ބާރންސް 2 ގޯލު ކާމިޔާބުކޮށްފައިވާއިރު، ނިއުކާސަލްގެ ފަހުގޯލު ކާމިޔާބުކޮށްދިނީ ބުރޫނޯ ގިމިރާއީސްއެވެ.

ރޭގެ ބައްޔާއެކު ޔުނައިޓެޑު އެންމެ ފަހުން ކުޅުނު 4 މެޗުުންވެސް މޮޅުވެފައެއް ނުވެއެވެ. އަދި ލީގުގައި މިހާތަނަށް ޔުނައިޓެޑު 14 މެޗަކުން ބަލިވެފައިވާއިރު، ޔުނަީޓެޑު މިވަގުތު އޮތީ ރެލިގޭޝަން ޒޯނަށްވުރެ އެންމެ 3 ދަތަޖަ މަތީ ތާވަލުގެ 14 ވަނައިގައެވެ. ޔުނައިޓެޑުގެ ކޯޗުކަމާއި އަމޯރިމް ހަވާލުވެ ކުޅުނު 32 މެޗުތެރެއިން މޮޅުވެފައިވަނީ އެންމެ 12 މެޗުންނެވެ.

ޔުނައިޓެޑަށް އަންނަ ސީޒަނުގެ ޗެންޕިއަންސް ލީގުގެ ޖާގައެެެއް ލީގު މެދުޗެރިކޮށް ލިބުމުގެ ފުރުސަތު އެއްކޮށް ގެއްލިފައިވާއިރު، އެޓީމަށް ޔޫރަޕުން ފުރުސަތު ދެން ލިބިގެންދާނީ ޔޯރޮޕާ ލީގު ކާމިޔާބުކޮށްގެންނެވެ. ޔުނައިޓެޑު މިވަގުތު ޔޫރޮޕާ ލީގުގެ ކުއާޓަރ ފައިނަލުގައި އޮތްއިރު، ފުރަތަމަ ލެގުގައި ލިޔޯން ގެ ދަނޑުގައި ދެޓީމު ވަނީ އެއްވަރުވެފައެވެ. މިދެޓީމު ވާދަކުރާ ދެވަނަ ލެގު އޯލްޓްރޮފޯޑްގައި މި ބުދަދުވަހު ކުޅެވޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރު ފެށުނުފަހުން އެއްވެސް މެޗަކުން ބަލިނުވެ، ޔުނައިޓެޑް ލީގު ތާވަލުގެ ތިންވަނައަށްކުޅިވަރު | 2 ދުވަސް ކުރިންބެންޖަމިން ސެސްކޯގެ ލަނޑާއެކު މެންޗެސްޓާ ޔުނައިޓެޑުން އެވަަޓަން ބަލިކޮށްފިކުޅިވަރު | 8 ދުވަސް ކުރިންޔުނައިޓެޑް ޖެހިޖެހިގެން ފަސް މެޗުން މޮޅުވުން ފެއިލްވެ، ސަޕޯޓަރ ޔުނައިޓެޑް ސްޓްރޭންޑްގެ ބޯކޮށުމުގެ އިންތިޒާރު ދިގުލައިފިކުޅިވަރު | 21 ދުވަސް ކުރިންކެރިކްގެ ސައްތައިން ސައްތެ ރެކޯޑާއެކު ލީގުގައި މިއަހަރުގައި ބަލިނުވާ ހަމައެކަނި ޓީމަކީ ޔުނައިޓެޑްކުޅިވަރު | 24 ދުވަސް ކުރިން