logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ދުނިޔެ

ޣައްޒާގެ ހިފާފައިވާ ސަރަހައްދުތަކުގައި މުއްދަތެއްނެތްގޮތަށް ދެމިތިބޭނެކަމަށް ބުނެފި

އާމިނަތު ޝަފާ
16 އޭޕްރީލު 2025 - 08:07
ޣައްޒާގެ ހިފާފައިވާ ސަރަހައްދުތަކުގައި މުއްދަތެއްނެތްގޮތަށް ދެމިތިބޭނެކަމަށް ބުނެފި

ޣައިރު ގާނޫނީ އިސްރާއީލުގެ ދައުލަތުން ހިފާފައިވާ ޣައްޒާގެ އެކި ސަރަހައްދުތަކުގައި މުއްދަތެއްނެތްގޮތަށް ދެމިތިބޭނެކަމަށް ޔަހުދީން ބުނެފިއެވެ.

ޔަހޫދީ ދިފާއީ ވަޒީރު ބުނެފައިވަނީ ޣައްޒާއާއި ލުބުނާނާއި ސީރިއާގެ ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކުގައި ޔަހޫދީންގެ ބާރުގެ ދަށަސް އަންނަ ބިންތަކުންވެސް ނުފައިބާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މިއީ އަސީރުން މިނިވަންކުރަން ހަމާސްއަށް ބާރުއެޅުމުގެ ގޮތުން ކުރާ ކަމެއްކަމަށްވެސް ޔަހޫދީން ބުނެއެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުން އަންނަ ގަތުލުއާއްމުގައި މިއަދު ފަތިހުން ފެށިގެން މެންދުރާ ހަމައަށް 23 މުސްލިމުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ އިތުރުން ލުބުނާނުގެ އެކި ހިސާބުތަކަށް ވެސް ޔަހޫދީންވަނީ ވައިގެ ހަމަލާތައް ދީފައެވެ. 2024ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޤާއިމު ކުރި ފަހުން ލުބުނާނުގެ 71 ރައްޔިތުން ޔަހުދީންގެ ހަމަލާތަކުގައި ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 114,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ގޮވާލުމެއް: ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބަޢަވަންދެން ޔަހޫދީ ދައުލަތަށް ފިޔަވަޅު އަޅާ!ޚަބަރު | 19 ދުވަސް ކުރިންމެދުއިރުމަތި: ޣައްޒާ ކާބޯތަކެއްޗާއި ބޭހަށްޖެހުމުގެ ތުންފަތްމަތީގައިދުނިޔެ | 20 ދުވަސް ކުރިންބޮޑު ދެގެރީގެ ތަޅާފޮޅުމުގައި ބެދި، ޣައްޒާއަށް މުދާ އެތެރެކުރުން ހުއްޓުމަކަށް!ދުނިޔެ | މަހެއް ކުރިންޣައްޒާ ސުލްހައިގެ ބޯޑުގައި ޕޮލެންޑާއި އިޓަލީވިލާތުން ވެސް ބައިވެރިއެއް ނުވާނެދުނިޔެ | 2 މަސް ކުރިން