logo
Bank of Maldives

Bank of Maldives

ޚަބަރު

8300 ދަރިވަރުންނާއެކު ސާނަވީ ނިންމާ އިމްތިޙާން ފަށައިފި

އާމިނަތު ޝަފާ
20 އޭޕްރީލު 2025 - 05:51
8300 ދަރިވަރުންނާއެކު ސާނަވީ ނިންމާ އިމްތިޙާން ފަށައިފި

8362 ދަރިވަރުންނާއެކު ސާނަވީ ނިންމާ އިމްތިޙާންތައް މިއަދު ފަށައިފިއެވެ. މި އަހަރު ރާއްޖޭގެ 260 ސެންޓަރެއްގައި މި އިންތިޙާންތައް ކުރިއަށް ގެންދާނެއެވެ.

މި އަހަރުގެ ކެމްބްރިޖް އޯލެވެލް އާއި އެސްއެސްސީ އިމްތިޙާނުގައި 8362 ދަރިވަރުން ބައިވެރިވާއިރު، ކެމްބްރިޖް އިމްތިޙާނުގައި 7666 ދަރިވަރުން ބައިވެރިވެއެވެ. އެސްއެސްސީގައި ހިމެނޭ ދިވެއްސާއި އިސްލާމް އިމްތިޙާނުގައި ބައިވެރިވެނީ 7519 ދަރިވަރުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޯލެވެލް އިމްތިހާނުގައި މިދިޔަ އަހަރު 7،501 ދަރިވަރުން ބައިވެރިވެރިވެފައިވެއެވެ. އަދި އިސްލާމާއި ދިވެހި މާއްދާ ހިމެނޭ އެސްއެސްސީ އިމްތިހާނުގައި 7،133 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު މިދިޔަ އަހަރު ހެދީ 256 ސެންޓަރެއްގައެވެ.

އޯލެވެލް އިމްތިޙާން ޖޫން 11އާ ހަމައަށް ކުރިއަށް ދާނެއެވެ.

އޯލެވެލް އިމްތިޙާނުގައި ރާއްޖޭގެ ސްކޫލަކުން ބައިވެރިވާނަމަ ފީ ދައްކައި ދެމުން އަންނަނީ ސަރުކާރުންނެވެ. ސަރުކާރުން ފީ ދައްކަމުން އައި އުޞޫލަށް އެޑިޔުކޭޝަން މިނިސްޓްރީން 2023 ވަނަ އަހަރުގެ ތެރޭގައި ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެ ގެނައި ބަދަލާއެކު ކޮންމެ ދަރިވަރަކު ވެސް މަޖުބޫރު 4 މާއްދާގައި ބައިވެރިވާން ޖެހެއެވެ. ބައިވެރުމުގެ ފީ ދައްކައި ދެނީ ސަރުކާރުންނެވެ. އެ ބަދަލު ގެނައުމުގެ ކުރިން ފީ ދައްކަމުން އައީ މޮކް އެގްޒާމުން ފާސްވާ ދަރިވަރުންނަށެވެ. މޮކްއެގްޒާމުން ފާސްނުވާ ދަރިވަރުން އިމްތިޙާނުގައި ބައިވެރިވާން ފީ ދައްކަން ޖެހެނީ އަމިއްލައަށެވެ.

އޯލެވެލް އިމްތިޙާނުގެ މަޖުބޫރު 4 މާއްދާގެ ގޮތުގައި ކަނޑައަޅާފައި ވަނީ  އިސްލާމާއި ދިވެއެއްސާއި އިނގިރޭސިގެ އިތުރުން ހިސާބެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2025 ވަނަ އަހަރުގެ އޯލެވެލް އިމްތިހާން ފަށައިފިޚަބަރު | 6 މަސް ކުރިންދަރިވަރުންނަކީ އަމިއްލަ އުނގެނުމަށް ޒިންމާވާ ބައެއްގެ ގޮތުގައި ބައްޓަން ކުރަންޖެހޭ: މިނިސްޓަރ ޚަބަރު | 6 މަސް ކުރިންގްރޭޑު 1 އަށް ވަނުމަށް 4000 އަށްވުރެ ގިނަ ދަރިވަރުން ޚަބަރު | 6 މަސް ކުރިންދިރާސީ އަހަރު ނިމި ދަރިވަރުން ބޮޑު ޗުއްޓީއަށްޚަބަރު | 7 މަސް ކުރިން