logo
މުދާ އުފުލާ ދޯންޏެއްގައި ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

ޓްރަމްޕްއާ ދެކޮޅަށް އެމެރިކާގައި މުޒާހަރާ ކުރަނީ

އަޙްމަދު ޒަލީފް
20 އޭޕްރީލު 2025 - 15:42
ޓްރަމްޕްއާ ދެކޮޅަށް އެމެރިކާގައި މުޒާހަރާ ކުރަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކާ މެދު ހިތްހަމަ ނުޖެހި އެ ޤައުމުގެ ގިނަ ޢަދަދެއްގެ ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިއެވެ.

ވައިޓް ހައުސްގެ ބޭރުގައި މުޒާހަރާގެ ބައިވެރިން ވަނީ އެކި ޝިޔާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން އަޑުގަދަ ކޮށްފައެވެ. އެ މީހުން ވަނީ ޓްރަމްޕްގެ ސަރުކާރުން އަނބުރާ ޤައުމަށް ފޮނުވާލަމުންދާ މީހުންނަށް ހިތްވަރުދީ، ސަރުކާރު ވަޒީފާއިން ވަކިކުރަމުންދާ މީހުންނާއެކު ތިބި ކަމަށް ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭގެ އިތުރުން ސަރުކާރުންދޭ މާލީ އެހީތެރިކަން ކަނޑާލާނެ ކަމަށް ސަރުކާރުން އިންޒާރު ދެމުންދާ ޔުނިވަސިޓީތަކާއެކު ވާކަމަށް އެ މީހުން ދިޔައީ ބުނަމުންނެވެ.

މިދިޔަ ޖަނަވަރީ މަހުގެ 20ވަނަ ދުވަހު އެމެރިކާގެ ރައީސްގެ މަޤާމާ ޓްރަމްޕް ޙަވާލުވެވަޑައިގެންނެވި ފަހުން މަައި ސަރުކާރުގެ 200،000އަށްވުރެ ގިނަ މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ގިނަ އިދާރާތަކެއް އުވާލުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މުޒާހަރާގެ ބައިވެރިން އަޑުއުފުލަމުން ދަނީ އެހެން ޤައުމުތަކަށް ނިޞްބަތްވާ މީހުން އެ މީހުންގެ ޤައުމަށް އަނބުރާ ފޮނުވާލުމާއި ސަރުކާރު ވަޒީފާއިން މުވައްޒަފުން ވަކިކުރުމާއި ފަަލަސްޠީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމައާއި ޔޫކްރެއިން-ރަޝިޔާ ހަނގުރާމައާ ގުޅޭގޮތުން ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކާ ގުޅޭ ގޮތުންނެވެ.

އެމެރިކާގެ ސަރުކާރުން ވަނީ ގިނަ ޢަދަދެއްގެ ބޭރު ޤައުމުތަކަށް ނިޞްބަތްވާ ދަރިވަރުން ވެސް ބަންދު ކޮށްފައެވެ. އެމެރިކާގެ ޔުނިވާސިޓީތަކުން ހިންގާ އެކި ޕުރޮގްރާމުތަކުގެ ދަށުން އެކި ޤައުމުތަކާއި ނަސްލުތަކަށް ނިޞްބަތްވާ ދަރިވަރުންނަށް ފުރުޞަތު ދޭތީއާއި މޫސުމީ ބަދަލުތަކާ ގުޅިގެން ހިންގާ ޙަރަކާތްތަކުގެ އިތުރުން ފަލަސްޠީނާ އެއްކޮޅަށް ވަކާލާތުކޮށް ކުރިއަށް ގެންދާ މުޒާހަރާތަކުގެ ސަބަބުން އެ ޔުނިވަސިޓީތަކަށް ސަރުކާރުން ދޭ މާލީ އެހީތެރިކަން ކަނޑައިލުމަށް ސަރުކާރުން ވަނީ އިންޒާރު ދީފައެވެ.

ހައްޤުތަކަށް ވަކާލާތު ކުރާ ޖަމްޢިއްޔާތަކުން ވަނީ ސަރުކާރުގެ މި ސިޔާސަތުތައް ކުށްވެރި ކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމެރިކާގެ އަމަލުތަކުން އެހެން ޤައުމުތަކަށް ދެވެނީ ނުރައްކާތެރި މެސެޖެއް: އެންތޯނިއޯދުނިޔެ | 4 ދުވަސް ކުރިންވެނަޒުއޭލާގެ ތެލުގެ ބޮޑު ރިޒަރވް އެމެރިކާގެ ބާރުގެ ދަށަށް ގެންނަނީދުނިޔެ | 4 ދުވަސް ކުރިން''ސުލްޙައިގެ ރައީސް'' ޓްރަމްޕް، ނިމުނު އަހަރު ކިތައް ޤައުމަށް ބޮން އެޅި؟ދުނިޔެ | 7 ދުވަސް ކުރިންފަލަސްތީނާއި ސީރިއާ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކޮށްފި ދުނިޔެ | 21 ދުވަސް ކުރިން