logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް މުޢިއްޒު ޒުވާނުންގެ އަޑު އައްސަވައި ކެތްތެރިކަމާއެކު ފިޔަވަޅު އަޅުއްވާނެ: އަފޫ

މުހައްމަދު މޫސާމުހައްމަދު މޫސާ
27 އޭޕްރީލު 2025 - 04:14
ރައީސް، ޒުވާނުންގެ އަޑު އައްސަވައި ކެތްތެރިކަމާއެކު ފިޔަވަޅު އަޅުއްވާނެ: އަފޫ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިބްރާހީމް ޒުވާނުންގެ އަޑު ގާތުން އައްސަވައި، ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު ފިޔަވަޅު ވެސް އަޅުއްވާނެ ކަމަށް ރައްޔިތުޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ހާމިދު ވިދާޅުވެއްޖެއެވެ.

އަފޫ މިފަދައިން ވިދާޅުވީ ފަހަކަށް އައިސް ޒުވާނުންގެ މެދުގައި ހިނގަމުންދާ ހަރަކާތްތަކާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ ވިދާޅުވީ ޒުވާނުން އިސްވެ ހެޔޮ ނިޔަތުގައި ފެށި އިޚްލާޞްތެރި މަސައްކަތުގެ ނާޖާއިޒު ފައިދާ ނެގުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އިދިކޮޅުން އެ ހަރަކާތުގެ ތެރެއަށް ވަދެ، ދައުލަތުގެ ވެރިންނާއި އާއިލީ ބޭފުޅުންނަށް ލެއްވިހާ އަވަގުރާނައަކާއި ބޭއަދަބީ ބަސްތަކެއް ރައްދުކޮށް، އެ ވެރިންގެ އަމިއްލަ ސިޔާސީ އެދުންތައް ހާސިލްކުރުމަށް މަސައްކަތް ކުރަމުންދޭ،" އަފޫ ވިދާޅުވިއެވެ.

އަފޫ ޒުވާނުންގެ ކިބައިން އެދިވަޑައިގަތީ ހުރިހާ ސިޔާސީ އޮއިވަރުތަކުން އެއްކިބާވެ، އެ ހަރަކާތުގެ މަޤްޞަދުގައި ދެމިތިބުމަށެވެ. އަދި ޒުވާނުންގެ ބޮޑު އަޣުލަބިއްޔަތަކާއެކު ގެނައި މި ވެރިކަމާމެދު އޮތް އިތުބާރާއި ގުޅުން ދެމެހެއްޓުމަށްވެސް އޭނާ ގޮވާލެއްވިއެވެ.

"އަޅުގަނޑުމެން އެންމެންގެ އަމާޒަކީވެސް އިންސާފުވެރި ތަޙްޤީޤެއް، އަދުލުވެރި ޝަރީޢަތެއް މި ޤައުމުގެ ކޮންމެ ރައްޔިތަކަށްވެސް ތަފާތުކުރުމެއްނެތި ލިބިގެންދާ މަންޒަރު ދެކުން،" އަފޫ ވިދާޅުވިއެވެ.

އަފޫ ޔަޤީންކަމާއެކު ވިދާޅުވީ ރައީސް މުޢިއްޒު ޒުވާނުންގެ އަޑު ގާތުން އައްސަވައި، ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި އަނިޔާ ލިބުނު ޒުވާނާއަށް އަވަސް ޝިފާއެއް އަދި އޭނާގެ އާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުމަށް އެދި ެދި ދުޢާ ކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ހުޅުވާލި މުއްދަތު ހަމަވެއްޖެޚަބަރު | ދުވަހެއް ކުރިންމަޖިލީހުން ވަޒީރުންނަށް ރުހުން ދީފިޚަބަރު | 4 ދުވަސް ކުރިންވަޒީރުންނަށް ރުހުން ދޭން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިޚަބަރު | 6 ދުވަސް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލެވޭ ތާރީހަށް ބަދަލު ގެނެސްފިޚަބަރު | 6 ދުވަސް ކުރިން