logoEN
ޚަބަރު

އަޒްމިރަލްދާގެ ފަރާތުން އެދުނީ މިރޭގެ ޖަލްސާ ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

27 އޭޕްރީލު 2025 - 13:33

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް މިރޭ ބާއްވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ޖަލްސާ ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އަޒްމިރަލްދާ އެދިވަޑައިގެންފި އެވެ.

އެގޮތުން، ގާނޫނީ ވަކީލަކާ އެކު ހާޒިރުވެވަޑައިގެން ދިފާއީ ހެކި ހުށަހަޅުއްވައި ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވުމަށާއި، ހުޅުވާލައިގެން މި ބައްދަލުވުން ބޭއްވުމަށް އަދި، ފަނޑިޔާރުންގެ މައްސަލަ ބެލި ޖޭއެސްސީގެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން މިރޭގެ ނިންމުމުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ނުދެއްވުމަށް އަޒްމިރަލްދާ ވަނީ އެދިވަޑައިގެންފަ އެވެ.

ދެ ފަނޑިޔާރުންނާ ދެކޮޅަށް މައްސަލަ ނިންމި ކޮމެޓީގައި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު އާއި، ރައީސް މުހައްމަދު މުއިއްޒުގެ މެންބަރު ޔަޒްމީދު މުހައްމަދު، ވަކީލުން ތަމްސީލްކުރާ މެންބަރު އަލީ އަބްދުއްލަތީފް އާއި، ބަންޑާރަ ނައިބު އަހުމަދު އުޝާމް ހިމެނެ އެވެ.

އަޒްމިރަލްދާ އާއި މަހާޒު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމާއި، އެކަމުގެ ކޮރަޕްޝަން ހިމެނޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް އާއި ހުތުރުބަހުން މުޚާތަބުކުރި ކަމަށް ބުނާ މަޖިލީހުގައި ދެ ފަނޑިޔާރުން ބައިވެރިވި ކަމަށް ބުނާ މައްސަލައެވެ.

ކޮމެންޓް

871x217_placeholder