logo
MPL

MPL

ޚަބަރު

މަސްތުގެ ހާލުގައި ހުރެ ކެފޭއަކަށް ގެއްލުން ދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
27 އޭޕްރީލު 2025 - 18:12
މަސްތުގެ ހާލުގައި ހުރެ ކެފޭއަކަށް ގެއްލުން ދީފި

އާންމުގޮތެއްގައި މަސްތުގެ ހާލުގައި މާލޭގެ ތެރޭގައި އެކި މީހުންނަށް ދުއްތުރާކުރުމުގައި އުޅޭ މީހަކު މިއަދު ކެފޭއަކަށް ގެއްލުންދީފިއެވެ.

ފުލުހުން ބުނިގޮތުގައި މާލޭގެ ކެފޭއެއްގެ ބިއްލޫ ރެކެއް ތަޅާލި މައްސަލައެއް މިއަދު ހެނދުނު 8:56 ގައި އެ އިދާރާއަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާނެކަމަށާއި، ނަމަވެސް މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގެ ސީސީޓީވީ ފުޓޭޖުން ފެންނަނީ މާފަންނު ޑަންކް ފިހާރަ ކުރިމައްޗަށްވާހެން ހުންނަ ''އައިސް ބްރޭކް'' ކެފޭ އަށް މީހަކު ވަދެ، ބިއްލޫ ރެކު ކައިރީ ހުއްޓެހުރުމަށްފަހު ކުއްލިއަކަށް ފައިންޖަހައި އެ ރެކް ތަޅާލާ މަންޒަރެވެ.

މި ވީޑިއޯއިން ފެންނަނީ މަސްތުގެ ހާލުގައި ހުރެ މީހުންނާއި ފޮށި އުނދަގޫކުރަމުން އަންނަ މުހައްމަދު ރަޒީން ކިޔާ މީހެކެވެ. މީނާ ވަނީ އައިޖީއެމްއެޗް ޑިއުޓީގައި ތިބި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއެޅި މައްސަލާގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހައްޔަރުވެސް ކޮށްފައެވެ. މި މައްސަލާގައި އޭނާގެ ބަންދަން ފަސް ދުވަސް ފުރަތަމަ ކޯޓުން ދިން ނަމަވެސް ފަހުން ވަނީ ދޫކޮށްލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް އިއުލާން ކޮށްފި، މުސާރަ އަކީ 15،500ޚަބަރު | 2 ދުވަސް ކުރިންޝާހިދު ބަންދުކުރުން: ބަންދަން 30 ދުވަސް ޖަހައިފިޚަބަރު | 2 ދުވަސް ކުރިންނަޞްރުގެ ދުވަހުގެ ހަރަކާތްތަކަށް ޓްރެފިކް ފްލޯއަށް ބަދަލުތަކެއް: ބައެއް މަގުތައް ބަންދު!ޚަބަރު | 3 ދުވަސް ކުރިންނަސްރުގެ ދުވަހުގެ ފަރިތަކުރުންތައް ކުރިއަށް ދާތީ ނޮވެެމްބަރު 2 އާ ހަމައަށް ވަކި އަދި މަގުތަކެއް ބަންދުވާނެޚަބަރު | 5 ދުވަސް ކުރިން