logo
ކުޅިވަރު

އިންޓަރ ގެ ޓްރެބްލް ހުވަފެން ހަފްތާއެއްގެ ތެރޭގައި ފެނަށް

އަބްދުﷲ ޣާނިމް
28 އޭޕްރީލު 2025 - 04:40
ރޭގެ މެޗަށްފަހު ކުޅުންތެރިން. ފޮޓޯ: އިންޓަރ
ރޭގެ މެޗަށްފަހު ކުޅުންތެރިން. ފޮޓޯ: އިންޓަރ

އިޓާލިއަން ސެރީއޭގެ ތާވަލުގެ އެއްވަނައިގައި އޮތް އިންޓަރ މިލާން ހަފްތާއެއްގެ ތެރޭގައި ތިން މެޗެއް ގެއްލި، ޓްރެބްލް ހޯދުމުގެ ހުވަފެން ފެނަށް ގޮސްފައެވެ. އެގޮތުން ރޭގައި އިންޓަރ ރޯމާ އަތުން ބަލިވެ ލީގުގެ ކޮންޓްރޯލް ގެއްލިފައިވާއިރު، މީގެ ހަތަރު ދުވަސް ކުރިން އިންޓަރ ވަނީ އިޓާލިއަން ކަޕްގެ ސެމީގައި އޭސީ މިލާން އަތުން ބަލިވެ މުބާރާތާއި އަލްވަދާޢުކިޔާފައެވެ.

ސެރީއާގައި އިންޓަރ ރޯމާ އަތުން ބަލިވީ 1-0 އިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ބައިގައި އިންޓަރ މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ރޯމާ ގެ ގޯލްކީޕަރ ސްވިލާ ދެއްކި މޮޅު ކުޅުމާއެކު އިންޓަރ ފޮނުވާލި ގިނަ ހަމަލާތައް ވަނީ ހުއްޓުވާފައެވެ. މި މެޗުގެ ހަމައެކަނި ލަނޑު ޖެހީ 22 ވަނަ މިނެޓުގައި މަޓިއަސް ސޯލޭ އެވެ.

އިންޓަރ ބަލިވުމާއި ގުޅިގެން، ނަޕޮލީ ވަނީ ޕޮއިންޓް ޓޭބަލްގެ އެއްވަނައަށް އަރައި، ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. މިއީ މިހަފްތާގައި ބާސެލޯނާ އާ ދެކޮޅަށް ކުޅެން އޮތް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މެޗުގެ ކުރިން އިންޓަރ އަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޓަރ މިލާނާއި މޮންޓެރޭ ދެވަނަ ބުރަށްކުޅިވަރު | 2 މަސް ކުރިންފަހުވަގުތު ރެޑް ޑައިމަންޑް އަތުން މޮޅުވެ، އިންޓަރ ދެވަނަ ބުރުގެ އުއްމީދުތައް އައުކޮށްފިކުޅިވަރު | 2 މަސް ކުރިންއިންޓަރ މިލާންގެ އައު ކޯޗަކަށް ކްރިސްޓިއަން ޗިވޫ އައްޔަންކޮށްފިކުޅިވަރު | 3 މަސް ކުރިންއިންޓަރ ހަމަބިމަށް ތިރިކޮށް ޕީއެސްޖީގެ ތާޜީހުގައި ފުރަތަމަ ފަހަރަށް ޗެންޕިއަންސްލީގު ކާމިޔާބުކޮށްފިކުޅިވަރު | 3 މަސް ކުރިން