logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

ޓޮޓްނަމް އިން ޔޫރަޕުގައި ހަތަރުވަނަ ތަށި ހޯދުމާއި ގާތަށް

އަބްދުﷲ ޣާނިމް
9 މޭ 2025 - 05:41
ރޭގެ މެޗުގެ ތެރެއިން. ފޮޓޯ: ޓޮޓްނަމް
ރޭގެ މެޗުގެ ތެރެއިން. ފޮޓޯ: ޓޮޓްނަމް

ޓޮޓްނަމް ހޮޓްސްޕަރ އިން 41 އަހަރުގެ ފަހުން ޔޫރަޕިއަން މުބާރާތެއްގެ ޓައިޓަލް ހޯދުމުގެ ފުރުސަތު ހޯދައިފިއެވެ.ރޭގައި ނޯވޭގެ ބޮޑޯ/ގްލިމްޓް އާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލްގެ ދެވަނަ ލެގުން މެޗުން މޮޅުވެ، ޔޫރަޕާ ލީގުގެ ފައިނަލުގައި މެންޗެސްޓަރ ޔުނައިޓެޑް އާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ހޯދާފައިވެއެވެ.

މިއާއެކު ޓޮޓްނަމް ވަނީ ޔޫރަޕުގެ ތަށްޓެއް 4 ވަނަ ފަހަރަށް ކާމިޔާބުކުރުމުގެ ފުރުސަތު ހޯދާފައެވެ. ޓޮޓްނަމް އިން ވަނީ މީގެކުރިން 1963 ވަނަ އަހަރު ޔޫރަޕިއަން ކަޕް ވިނަރސް ކަޕް ގެ އިތުރުން ޔުއޭފާ ކަޕް 1972 އަދި 1984 ގައި ހޯދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޭގެ މެޗުން ޓޮޓްނަމް މޮޅުވީ 2-0 އިންނެވެ. މިއާއެކު އެގްރިގޭޓުން ޖުމްލަ 5-1 އިން ވަނީ ކުރިހޯދާފައެވެ. މި ކާމިޔާބީއާއެކު ޓޮޓްނަމްގެ ތާރީހުގައި 6 ވަނަ ފަހަރަށް ޔޫރަޕިއަން ފައިނަލަކަށް ގޮސްފައިވެއެވެ. އެންމެ ފަހުން ޔޫރަޕިއަން ފައިނަލަކަށް ގޮސްފައިވަނީ 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައެވެ.

ދެވަނަ ހާފުގައި ޑޮމިނިކް ސޮލާންކީ އާއި ޕެޑްރޯ ޕޯރޯ ޖެހި ލަނޑުތަކާއެކު، މެ 21 ވަނަ ދުވަހު ބިލްބާއޯގައި ކުޅޭ ފައިނަލުގައި މެންޗެސްޓަރ ޔުނައިޓެޑް އާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ހޯދާފައިވެއެވެ. ޓޮޓްނަމްގެ އެންމެ ފަހުގެ ޓްރޮފީއަކީ 2008 ވަނަ އަހަރު ހޯދި ލީގު ކަޕެވެ.

ޕޮސްޓެކޮގްލޫ އިން ސެޕްޓެމްބަރު މަހު ބުނެފައިވަނީ އޭނާ ކޮންމެ ކްލަބެއްގައިވެސް ދެވަނަ ސީޒަނުގައި ޓްރޮފީއެއް ހޯދާ ކަމަށެވެ. މި ސީޒަނުގައި ޕްރިމިއަރ ލީގުގައި 16 ވަނަ ހިސާބުގައި އުޅުނު ނަމަވެސް، މިހާރު އެއް މެޗުން ޓްރޮފީއެއް ހޯދުމުގެ ފުރުސަތު ލިބިފައިވެއެވެ. ޔޫރޮޕާ ލީގު ކާމިޔާބުކޮށްގެން އަންނަ ސީޒަނުގެ ޗެންޕިއަންސް ލީގުގެ ޖާގައެއް ހޯދުމުގެ ފުރުސަތުވެސް ޓޮޓްނަމް އަށް ވަނީ މަގުފަހިވެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައިމަންސްގެ ދެ ލަނޑާއެކުވެސް ޓޮޓެންހަމް ކަޓައި، އެތުލެޓިކޯ ކުއާޓަރ ފައިނަލަށްކުޅިވަރު | 9 ދުވަސް ކުރިންރެލިގޭޝަން ޓީމުތަކަށް ލިވަޕޫލުން ހަދިޔާ ބަހަނީ، މިފަހަރު ޓޮޓްނަމްއަށްކުޅިވަރު | 12 ދުވަސް ކުރިންޓޮޓްނަމްގެ ސީޒަން ގޯހުން ގޯހަށް، ލީގު ރެލިގޭޝަންގައި އޮތްޓީމު ޗެންޕިއަންސް ލީގުގައި ބޮޑު ތަފާތަކުން ބަލިވެއްޖެކުޅިވަރު | 17 ދުވަސް ކުރިންއަހަރު ފެށުނުފަހުން އެއްވެސް މޮޅެއް ނުލިބި ޓޮޓްނަމް ބަލިވެ ރެލިގޭޓްވުމާއި ގާތަށްކުޅިވަރު | މަހެއް ކުރިން