logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

ޔުއޭފާގެ ތިން މުބާރާތް ކާމިޔާބުކުރި ހަމައެކަނި ޓީމަށް ވުމުގެ ފުރުސަތު ޗެލްސީއަށް

އަބްދުﷲ ޣާނިމް
9 މޭ 2025 - 06:10
ރޭގެ މެޗުގެ ތެރެއިން. ފޮޓޯ: ބީބީސީ
ރޭގެ މެޗުގެ ތެރެއިން. ފޮޓޯ: ބީބީސީ

ރޭގައި ސްޓެމްފޯޑް ބްރިޖުގައި ކުޅުނު ޔުއޭފާ ކޮންފަރެންސް ލީގުގެ ސެމީފައިނަލުގެ ދެވަނަ ލެގު މެޗުގައި ކިއަރނަން ޑިއުސްބަރީ-ހޯލް ޖެހި ގޯލާއެކު ޗެލްސީ ޔޫރަޕާ ކޮންފަރެންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. މިމުބާރާތުގެ ތަށި ޗެލްސީއަށް ކާމިޔާބު ކުރެވިއްޖެނަމަ ޔުއޭފާގެ ތިން މުބާރާތް ކާމިޔާބުކުރި ހަމައެކަނި ކުލަބަށް ވުމުގެ ޝަރަފު ޗެލްސީއަށް ލިބޭނެއެވެ. ޗެލްސީއިން ވަނީ މީގެކުރިން ޔުއޭފާއިން ކުލަބުތަކަށް ޙާއްސަކޮށްގެން ބާއްވާ ދެމުބާރާތް ކަމުގައިވާ ޗެންޕިއަންސް ލީގާއި، ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

މޭ 28 ގައި ޕޮލެންޑްގެ ވްރޯކްލޯގައި ކުޅޭ ފައިނަލްގައި ޗެލްސީ ވާދަކުރާނީ ރިއަލް ބެޓިސްއާ ދެކޮޅަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލިވަޕޫލާ ދެކޮޅަށް ޕްރިމިއަރ ލީގުގައި ކުޅުނު މެޗުގައި ކުޅުނު ޓީމުން މާކް ކުކުރެއްލާ އެކަނި ބަހައްޓައި، މެނޭޖަރު އެންޒޯ މަރެސްކާ ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. މިއީ އާދިއްތަ ދުވަހު ނިއުކާސްލްއާ ދެކޮޅަށް ކުޅޭ މުހިންމު މެޗަށް ސަމާލުކަން ދިނުމުގެ ގޮތުންނެވެ.

ރޭގެ މެޗުގެ ހަމައެކަނި ގޯލަކީ މެޗުގެ 38 ވަނަ މިނެޓްގައި ޖޯޖްގެ ޕާހަކަށްފަހު ޑިއުސްބަރީ-ހޯލް ދެ ޑިފެންޑަރުން ކައިރިން ބޯޅަހޮފައިގެންގޮސް ޖެހި ރީތި ލަނޑެކެވެ.

2021 ވަނަ އަހަރު ޗެމްޕިއަންސް ލީގް ކާމިޔާބުކުރުމަށްފަހު އެއްވެސް މޭޖަރ މުބާރާތެއް ކާމިޔާބުނުކުރާ ޗެލްސީއަށް، ޓޮޑް ބޯލީގެ ކޮންސޯޓިއަމް ކްލަބް ގަތުމަށްފަހު ފުރަތަމަ ޓްރޮފީ ކާމިޔާބުކުރުމުގެ ފުރުސަތު މިހާރު ވަނީ ލިބިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖެހިޖެހިގެން 4 މެޗުން ޗެލްސީ ބަލިވެ ލީގުގެ ގަދަ ހަތަރެއްގެ ދަތުރަށް އިތުރު ހުރަސްތަކެއްކުޅިވަރު | 6 ދުވަސް ކުރިންޔޫރަޕުގެ ޗެންޕިއަން ޕީއެސްޖީއިން ވޯލްޑް ޗެންޕިއަން ޗެސްލީ ހުތުރު ގޮތަކަށް ޔޫރަޕުން ބޭރުކޮށްލައިފިކުޅިވަރު | 10 ދުވަސް ކުރިންސްޓެމްފޯޑް ބްރިޖުގައި ޗެލްސީ ބަލިވެ، ގަދަ ހަތަރެއްގެ އުންމީދުތަކަށް ހުރަސް އެޅިއްޖެކުޅިވަރު | 13 ދުވަސް ކުރިންކުލަބް ވޯލްޑްކަޕްގެ ބަދަލުހިފައި ދެވަނަ ލެގުގެ ކުރިން ޕީއެސްޖީއަށް ބޮޑު މޮޅެއްކުޅިވަރު | 16 ދުވަސް ކުރިން