logo
MPL

MPL

ޚަބަރު

ކުޑަކުދިންނަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަކީ އެންމެންގެ ޒިންމާއެއް - މެޑަމް ސާޖިދާ

އަޙްމަދު ޒަލީފް
10 މޭ 2025 - 13:42
ކުޑަކުދިންނަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަކީ އެންމެންގެ ޒިންމާއެއް - މެޑަމް ސާޖިދާ

ކުޑަކުދިންނަށް އެންމެ މުހިންމީ، ބޮޑެތި މީހުންގެ ލޯތްބާއި އަޅައިލުމާއި، ރަނގަޅު މަގު ދެއްކުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. 

އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ބޮޑެތި މީހުންގެ ލޯތްބާއި އަޅައިލުމާއި، ރަނގަޅު މަގު ދެއްކުން މުހިއްމުކަން އެކަމަނާ ވަނީ މީގެ ކުރިންވެސް ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެށި "ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް" ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ ޤާނޫނާއި ގަވާއިދުތަކާއި ޚިލާފުވެގެން، ކުޑަކުދިންނާއި ކޯޓު ރޫމްތަކުން ބައްދަލުވުމުގެ ކުރިން އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަސްވެގަންނަންޖެހޭކަމަށް ވިދާޅުވެފައެވެ. 

ރައީސުލްޖުމްހޫރިޔާގެ އަނބިކަނބަލުންގެ ޕޯސްޓްގައި ވިދާޅުވީ، ކުޑަކުދިންނަށް އެންމެ މުހިންމީ، ބޮޑެތި މީހުންގެ ލޯތްބާއި އަޅައިލުމާއި، ރަނގަޅު މަގު ދެއްކުންކަމަށެވެ. އަދި ދިވެހި ކޮންމެ ކުޑަކުއްޖަކަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަކީ މުޅި މުޖްތަމަޢުގެ ޒިންމާއެއްކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްލާމީ ޔުނިވަރސީޓީން މިއަހަރު ދަސްވެނިވާ ދަރިވަރުންގެ ތެރެއިން 98 ދަރިވަރުން ދަސްވެނިވެއްޖެޚަބަރު | 10 ގަޑިއިރު ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިންނަފްސާނީ ފަރުވާ ހޯދުމަކީ ބަލިކަށިކަމެއްގެ ގޮތުގައި ނުދެކޭ މުޖުތަމައެއް ބިނާކުރަންޖެހޭ: ސާޖިދާޚަބަރު | 4 ދުވަސް ކުރިންއުފެއްދުންތެރިކަމުގެ މައުރަޒުގެ ވަނަތައް ހޮވައިފިޚަބަރު | 12 ދުވަސް ކުރިން