ރާއްޖޭގައި ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކުރާ ދާއިރާތާކުގައި އަންހެނުންގެ ނިސްބަތްދަނީ އިތުރުވަމުން: ވަޒީރު

.jpg&w=3840&q=75)
17 މޭ 2025 - 07:55
ދުނިޔޭގެ އެހެން ތަރައްޤީވަމުން އަންނަ ޤައުމުތަކާ އަޅާބަލާއިރު، ރާއްޖޭގައި ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހި ކުރުވާ ދާއިރާތަކުގައި އަންހެނުންގެ ނިސްބަތް އިތުރުވަމުން އަންނަކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އެފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައެވެ. އެގޮތުން އެ ޚިތާބުގައި ވަޒީރު އެންމެ ފުަރަތަމަ ވެސް ވަނީ، އެ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުނންނަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަރިސްކުރައްވާފައެވެ.
އެގޮތުން މިއަހަރުގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަސް އައީ، ރައްޔިތުންނަށް ފޯރޮކޮށްދޭ ހިދުމަތްތަކުގެ ނިޒާމަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިންގިލާބީ ތަރައްޤީއެއް ގެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދިވެހިރާއްޖެ 2.0 ނުވަތަ Maldives 2.0 އިއްފތިތާހުކުރެވުމާއިއެކުގައިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
އަދި މި އަހަރުގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ ޝިޢާރުކަމުގައި ދުނިޔޭގެ މުވާސަލާތީ ޖަމިއްުޔާއިން ކަމުގައިވާ އައިޓީޔޫއިން ކަނޑައަޅާފައިވާ "ިޖިޓަލް ޓްރާންސްފޮރމޭޝަންގައި މިންތީގެ ހަމަހަމަ ކަމުގެ" މައްޗަށް އިޝާރަތްކުރައްވައި ވަޒީރު ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި އަންހެން ދަރީން ޑިޖިޓަލް އިންޤިލާބުގެ ހަވާސައިގައި މަޑުޖެހިލައިގެން ތިބެންޖެހޭ ކަމަށާއި، އެފަރާތްތަކުން ތަހައްމަލްކުރަންޖެހޭ ދަތިތަކުގެތެރޭގައި، ޓެކްނޮލޮޖީ ބޭނުންކުރުމުގައި ޓެކްނޮލޮޖީއަށް ވާސިލު ވުމުގައި ހަމަހަމަ ކަން ނެތުމާއި، އަދި ޑިޖިޓަލް ދާއިރާގެ ވަޒީފާތަކާއި ލީޑަރޝިޕްގައި ބައިވެރިވުމުގައި ހުރަސްތައް ހުރުން ހިމެނޭ ކަމަށެވެ.
އެހެން ނަމަވެސް ރާއްޖޭގެ ވާހަކަ ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، ދުނިޔޭގެ ތަފާސް ހިސާބުތަކާ އަޅާބަލާއިރު އަދި ވަކިން ޚާއްސަކޮށް ތަރައްޤީވަމުން އަންނަ ޤައުމުތަކާ އަޅާބަލާއިރު،ާއްޖޭގައި ސައިންސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިންގް ދާއިރާ ފަދަ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހި ކުރުވާ ދާއިރާތަކުގައި އަންހެނުން ް ހަރަކާތްތެރިވާ މިންވަރުގެ ނިސްބަތުން މަދުނޫން ކަމަށެވެ.
އެގޮތުން އެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުވަމުން އަންނަކަމުގައި ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި އަންހެން ދަރީންނަށް ތަޢުލީމު ޚާސިލު ކުރުމުގައި ތަފާތު ކުރުމެއް ނެތި ފުރުސަތު ވެސް ދެވޭ ކަމަށާއި، އެހެން ނަމަވެސް ީ ވަކި ބާވަތްތަކުގެ ވަޒީފާ އަދި ޚާއްސަކޮށް ލީޑަރޝިޕް ނުވަތަ ހިންގުމުގެ ދާއިރާގައި އަންހެން ބޭފުޅުންގެ ދައުރު، ރާއްޖޭގައި ވެސް ނިސްބަތުން މަދުކަމަށެވެ.
އަދި ޑިޖިޓަލް ޓްރާންސްފޮރމޭޝަންގައި މިންތީގެ ހަމަހަމަކަން މާނަކުރެވެނީ ހަމައެކަނި ޑިވައިސްތަކާއި އިންޓަރނެޓް ގުޅުންތައް އަންހެނުންނަށް ދީގެން ނޫން ކަމަށާއި، އެކަން ކުރެވޭނީ ީ ތަޢުލީމު، ޞިއްޙަތު، ވިޔަފާރި، ދަނޑުވެރިކަން އަދި ވެރިކަން ހިންގުމުގައިވެސް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި އަންހެނުންވެސް ބާރުވެރިކުރުވައިގެން ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.
އަދި ަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮރމޭޝަން ސިޔާސަތު، ނުވަތަ 'ޑިޖިޓަލް ފަސްޓް ނޭޝަން' ސިޔާސަތުގެ ދަށުން، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް ނުވަތަ ކޮންމެ ރަށެއްގެ ރައްޔިތަކަށް، އަދި އަންހެނުންވެސް ހިމެނޭހެން ވަކި މީހަކު އިސްތިސްނާ ނުވާ ގޮތަށް ޚިދުމަތްތައް ފަސޭހަކަމާއި އެކު ފޯރުކޮށްދެވެން ފެށުމުން އަންހެނުން އިތުރަށް ބާރުވެރިވެ، އިޤްތިޝާދުގައި ހަމަހަމަ ބައިވެރީންނަށްވުމުގެ ފުރުސަތު ބޮޑުވާނެ ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.