logo
Bank of Maldives

Bank of Maldives

ޚަބަރު

ހަނި ގޯޅިތަކުގައި ހުރި ގެތައް ދޫކޮށްލާ މީހުންނަށް ގޯތިދޭ މަޝްރޫއެއް މިއަހަރު ފަށަނީ

ހަނި ގޯޅިތަކުގައި ހުރި ގެތައް ދޫކޮށްލާ މީހުންނަށް ގޯތިދޭ މަޝްރޫއެއް މިއަހަރު ފަށަނީ

މާލޭގައި ހަނި ގޯޅިތައް ނުވަތަ ދަތިގޮތްގޮތަށް ދިރިއުޅެމުން އަންނަ ފަރާތްތަކުން އެމީހުން ދިރިއުޅޭ ގޯތި ދޫކޮށްލާނަމަ، ލާ ޖައްސައިގެން މާލެ ސަރަހައްދުން ގޯތި ދޭން ރާވައިފާ ޕްލޭން މިއަހަރު ފައްޓަވާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ލޯނު ނަގައިގެން ގެ އަޅަން، ބޭންކުތަކުން ލޯނު ނުލިބޭ ގޮތަށް ހުންނަ ގޯތިތައް ހުންނަ ކަމަށާއި އެފަދަ ފަރާތްތަކަށް ހައްލު ހޯދުމުގެ ކަންކަން ވަރަށް އަވަހަށް ފައްޓަވައި ދެއްވާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ، އެކަމަކީ އެއީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވެފައިވާ ވައުދުފުޅެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވައުދުފުޅުވި ގޮތަށް އެވައުދު ފުއްދުމަށް ދާދި އަވަހަށް ފައްޓަވާނެ ކަމަށެވެ. އެގޮތުން ސަރުކާރުން ވަރަށް އަވަހަށް އެގޮތަށް ހުންނަ ގޯތިތައް، މުޅި ގޯތި ދޫކޮށްލާފަ، ގޯތީގެ ސައިޒުގެ ގޯއްޗެއް މާލެ ސަރަހައްދުން ހިއްކާ ތަނުން ލިބޭނެ ދިނުމަށް އިއުލާނު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން އުތުރުތިލަފަޅާއި ގިރާވަރުފަޅު ހިއްކާ ނިމޭއިރު ވެސް އިތުރަށް ޖާގަ ލިބިގެންދާނެ ކަމަށާއި އަދި ގުޅިފަޅުން ވެސް ހިއްކާ ނިމޭއިރު ބައެއް ސަރަހައްދު އިތުރުވާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ސްޕީޑްއަވަސްވެފައިވަކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

އެހެން ކަމުން ރަސްމާލެ ހިމެނޭހެން މާލޭ ސަރަހައްދަށް އިތުރުވާ ބިންތަކުން ނުހެދޭނެ ގޮތަށް ހުންނަ ގޯތިތައް، އެގޭގެ އެންމެން ވެގެން ދޫކޮށްލާފަ އެހެން ތަނަކަށް ބަދަލުވާން ބޭނުންވާ ނަމަ އެފުރުސަތު ހުޅުވާލާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިގޮތަށް މިކަން ފައްޓަވާއިރު، އެކަމަށް އެއްބަސްވާ އެންމެންނަށް ގޯތި ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މި މަޝްރޫއު މިއަހަރު ތެރޭ ކުރިއަށް ގެންގޮސް ގޯތި ލިބޭނެތަން ކަނޑައަޅައި ރަސްމީ ލިޔުން އެފަރާތްތަކާއި ހަވާލު ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި މިގޮތަށް މާލެއިން ދޫކޮށްލާ ބިންތައް ތަރައްޤީކުރާނީ އާއްމުންނަށް ހިތްހަމަޖައްސާލެވޭގޮތަށް، ހުސް ޖާގަތަކެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުވައްމުލަކާއި އައްޑު އަތޮޅަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފިޚަބަރު | ގަޑިއިރެއް ކުރިންއަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އަނބިކަނބަލުން އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެޚަބަރު | 7 ގަޑިއިރު ކުރިންއައްޑޫސިޓީ ކައުންސިލް އަލުން ކަނޑައަޅުއްވައި، މީދޫ އާއި ހުޅުދޫއަށް ވަކި ކައުންސިލްތަކެއް އުފެއްދުމަށް ނިންމަވައިފިޚަބަރު | 15 ގަޑިއިރު ކުރިންއައްޑޫ ހުޅުދޫ އާއި މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވައިފިޚަބަރު | 15 ގަޑިއިރު ކުރިން