logo
Bank of Maldives

Bank of Maldives

ޚަބަރު

ލ. އަތޮޅު ސްކޫލްތަކަށް އެ އަތޮޅު ކައުންސިލުން ދޭ މާލީ އެހީ ހަތަރު ސްކޫލަކަށް

އާމިނަތު ޝަފާ
3 ޖޫން 2025 - 05:10
ލ. އަތޮޅު ސްކޫލްތަކަށް އެ އަތޮޅު ކައުންސިލުން ދޭ މާލީ އެހީ ހަތަރު ސްކޫލަކަށް

ލާމަސީލުލާމު ސްކޫލްތަކުގެ މާލީއެހީގެ ޕްރޮގްރާމްގެ ދަށުން ހަތަރު ސްކޫލަކަށް މި އަހަރު އެހީ ދީފިއެވެ.

ސްކޫލްތަކުން ހުށައަޅާ ޕްރޮޕޯސަލްތަކުގެ މައްޗަށް ބިނާކޮށް ދޭ މި އެހީ ލ. އަތޮޅުގެ ހުރިހާ ސްކޫލްތަކަށް ވެސް ލިބެއެވެ. މި ޕްރޮގްރާމަށް ހުށައެޅި ޕްރޮޕޯސަލްތަކަށް ބަލައި މާލީ އެހީ މިހާތަނަށް ހަވާލުކޮށްފައި ވަނީ ހަތަރު ސްކޫލަކާއެވެ. ދެން ހުރި ސްކޫލްތަކަށް މާލީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ލ. އަތޮޅު ކައުންސިލުން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލީ އެހީ ޕްރޮގްރާމްގެދަށުން ލ. އަތޮޅު ތަޢުލީމީ މަރުކަޒުން ހުށައަޅާފައި ވަނީ އެ ސްކޫލުގެ ޓްރެއިނިންގ ރޫމުގައި އިންޓްރެކްޓިވް ވައިޓްބޯޑެއް އިންސްޓޯލް ކުރުމަށެވެ. އެކަމަށް  68،125.01 ރުފިޔާގެ މާލީ އެހީ ވަނީ ދީފައެވެ.

މާމެންދޫ ސްކޫލަށް އެހީތެރިކަން ފޯރުކޮށްދިނީ ސްކޫލުގެ ކްލާސްރޫމުތައް އޭސީ ކުރުމުގެ މަސައްކަތަށެވެ. އެ ސްކޫލަށް އެހީގެ ގޮތުގައި ދީފައި ވަނީ 46،458.33 ރުފިޔާއެވެ.

މުކުރިމަގު ސްކޫލުގެ ކުލާސްރޫމްތައް އޭސީ ކުރުމަށް ފަށާފައިވާ ޕްރޮޖެކްޓް ފުރިހަމަކުރުމަށް މާލީ އެހީގެ ގޮތުގައި ދިނީ 27,500 ރުފިޔާއެވެ.

އިހައްދޫ ސްކޫލަށް މާލީ އެހީ ފޯރުކޮށްދިނީ، އެ ސްކޫލުގެ އޯޑިއޯ ވިޝުވަލް ނުކުރެވިވާ ކުލާސްރޫމްތައް އޯޑިއޯ ވިޝުވަލް ކުރުމަށެވެ. އެކަމަށް ދީފައި ވަނީ 46،458.33 ރުފިޔާއެވެ.

ލާމު އަތޮޅު ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލް ޔޫސުފު އާމިރު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، ލާމު އަތޮޅުގައި ހިމެނޭ ހުރިހާ ސްކޫލަށް ހުޅުވާލާފައިވާ އެ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދެނީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ކަނޑައަޅާފައިވާ އުޞޫލުގެ ތެރެއިން ސްކޫލްތަކުގެ އާބާދީއާއި ސާނަވީއާއި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލްތައް ބަލައިގެންނެވެ.

މި އެހީ އެ ކައުންސިލުން ދެމުން ގެންދާތާ މިއީ ހަތަރު ވަނަ އަހަރެވެ. މިދިޔަ އަހަރު ހުރިހާ ސްކޫލްތަކަށް ހަދިޔާ ކުރީ ފައިސާގެ ބަދަލުގައި ލައިބްރަރީއަށް ބޭނުންވާ ފޮތެވެ. އޭގެ ކުރީ ދެ އަހަރު ފޯރުކޮށްދިނީ ސްކޫލްތަކުން ހުށައެޅި ޕްރޮޕޯސަލްތަކަށް މާލީ އެހީތެރިކަމެވެ.

އާމިރު ވިދާޅުވީ، މާލީ އެހީތެރިކަން ނުދީ ހުރި ސްކޫލްތަކަށް ވަރަށް އަވަހަށް އެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެހީ ނުދެވީ ލަސްވަނީ ފުރިހަމަކުރަން ޖެހޭ ލިޔެކިޔުންތައް ނުނިމޭތީއާއި މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

އޭނާ ވިދާޅުވީ، ކޮންމެ އަހަރަކު ވެސް 650،000 ރުފިޔާ ސްކޫލްތަކަށް މާލީ އެހީގެ ގޮތުގައި ކައުންސިލުގެ ބަޖެޓްގައި ހިމަނާ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްޠީނުގެ ކުދިންނާއި މުދައްރިސުންނަށް ރައްކާތެރި ތަޢުލީމީ މާޙައުލެއް ޤާއިމުކޮށްދޭން ގޮވާލައިފިޚަބަރު | 7 ދުވަސް ކުރިންޔުނެސްކޯގެ މިނިސްޓީރިއަލް ޑައިލޮގުގައި ތަޢުލީމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރޚަބަރު | 12 ދުވަސް ކުރިންސްކޫލްތަކުގައި ހުންނަންޖެހޭ މިނިމަމް އިންފްރާސްޓްރަކްޗާ ސްޓޭންޑާޑްސް އެކުލަވާލަނީޚަބަރު | 25 ދުވަސް ކުރިން210 ބައިވެރިންނާއެކު ޕްރިންސިޕަލުންގެ މަހާސިންތާ ފަށައިފިޚަބަރު | މަހެއް ކުރިން