logo
ޚަބަރު

ކާށިދޫ ކަނޑަށް ބަންޑުން ޖަހައިލި ކޮޅުވެއްޓިން ގެއްލުނު މީހާ ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި

 ކާށިދޫ ކަނޑަށް ބަންޑުން ޖަހައިލި ކޮޅުވެއްޓިން ގެއްލުނު މީހާ ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި

މާލެއިން ފުރައިގެން ޅ.މާފިލާފުއްޓަށް ދަތުރުކުރަނިކޮށް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު މީހާ ހޯދުމަށް ވަރަށް ބޮޑު ސަރަހައްދެއް ބަލައިފިއެވެ.

މިހާތަނަށް މުޅި އަކު ސާފޭސް ސާޗްގެ ގޮތުގައި 1035 ސްކްއަރ ނޯޓިކަލް މޭލު އަދި އޭރިއަލް ސަރޗްގެ ގޮތުގައި 1496 ސްކްއަރ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކޮޅުވެއްޓީގައި ހަ މީހުން ދަތުރު ކުރިއިރު، މި ހާދިސާގައި އެކަކު ވަނީ ނިޔާވެފައެވެ. ނިޔާވެފައި ވަނީ އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު 2، އަލީ ހާމިދު އެވެ. މީނާ އަކީ ސިފައިންގެ ހިދުމަތުގައި 27 އަހަރު ވަންދެން އުޅުއްވާފައިވާ އޮފިސަރެކެވެ. ހާމިދުގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ރޭ ވަނީ ހުޅުމާލެ ސަހަރާގައި ބާއްވައިފަ އެވެ.

މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިންގ ކްރާފްޓު ބަންޑުން ޖާހާލީ ޅ.ކުރެންދޫގެ ހުޅަނގު ދެކުނުން 4 މޭލު ބޭރުންނެވެ.

މި އުޅަނދުގައި ހުރި ބައެއް ސާމާނު އިރުމައްޗަށް ވާގޮތަށް ދަނީ އޮޔާދަމުންނެވެ. އެމްއެންޑީއެފްއިން ވަނީ މިސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދޭކަމުގައިވެސް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮލަމާ ބޯޓުގެ ކެޕްޓަން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފަ: ފުލުހުންޚަބަރު | 13 ދުވަސް ކުރިންދޯނި ބަންޑުން ޖަހާލި ހާދިސާގައި އެކަކު ނިޔާވެއްޖެ ޚަބަރު | މަހެއް ކުރިން4 މީހުންނާއެކު ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި ޚަބަރު | މަހެއް ކުރިންދޯންޏެއް ފަރަށް އަރައި ބިންދައިގެން ގޮސް އަޑިއަށްޚަބަރު | މަހެއް ކުރިން