logo
Bank of Maldives

Bank of Maldives

ޚަބަރު

ދޯންޏެއް ފަރަށް އަރައި ބިންދައިގެން ގޮސް އަޑިއަށް ހިނގައްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
3 އޯގަސްޓު 2025 - 06:54
ފަރަށް އެރި ދޯނި އަޑިއަށް ގޮސްފައި، ފޮޓޯ: ޕޮލިސް
ފަރަށް އެރި ދޯނި އަޑިއަށް ގޮސްފައި، ފޮޓޯ: ޕޮލިސް

މާލެއިން ފުރައިގެން ތ. ވޭމަންޑޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ދިއްގިރި ކައިރިން ފަރަށް އަރައި ދިޔަވެ އަޑިއަށް ގޮއްސިއެވެ.

މެރިން ޕޮލިހުން މަޢުލޫމާތު ދިން ގޮތުގައި "އަލްމަޖްރާ" ނަމަކަށް ކިޔާ ދޯނި ފަރަށް އަރައި ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ފަތިހު 5:34 ހާއިރުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 "ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ދޯނިން ދަތުރުކުރި 3 މީހުން ހާލުގައި ޖެހިފައި ފަރުމަތީގައި ތިއްބައި ފެނުނު، އެ މީހުން ފުލުހުންގެ ލޯންޗަށް ނަގައި މިހާރުވަނީ ފެލިދޫއަށް ގެންގޮސްފައި. 3 މީހުންގެ ހާލު ވެސް ރަނގަޅު. އެއީ ދިވެއްސަކާއި ބަންގްލަދޭޝް ދެ މީހުން،" މެރިން ޕޮލިހުން މަޢުލޫމާތު ދެއެވެ.

Screenshot 2025-08-03 115818.png

އަޑިއަށް ދިޔަ ދޯނީގައި ތިބި މީހުން ފުލުހުން ސަލާމަތް ކުރަނީ، ފޮޓޯ: ޕޮލިސް

 

ދޯނި އަޑިއަށް ދިޔައިރު، އެ ދޯނީގައި ގިނަ އަދަދެއްގެ ޕީވީސީ ފިލާ އަދި އެބާވަތުގެ ގިނަ ސާމާނު ހުރިކަމަށް ދޯނީގައި ދަތުރުކުރި މީހުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ އޮކްޓޯބަރު މަހު ވޭޕްއާ ގުޅޭ 25 މައްސަލައެއްޚަބަރު | ދުވަހެއް ކުރިންރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި ތެޔޮ ވިއްކާކަމުގެ ތުހުމަތުގައި ހުޅުމާލެ އިން ބަޔަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންމަސްތުވާތަކެތި ހިފައިގެން ރަށަށް އެރިތަނުން "ޓިކްޓޮކް ބާއްކޮ" ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންމިިދިޔަ މަހު ގެއްލިގެންހޯދާފައިވާ މުދަލުގެ އަގު  ފަސް މިލިއަނަށް އަރާޚަބަރު | 2 ދުވަސް ކުރިން