logo
Bank of Maldives

Bank of Maldives

ޚަބަރު

ޓިކްޓޮކް ލައިވްއެއްގައި، ތުއްތު ކުއްޖަކަށް އަނިޔާކުރާ އަޑު އިވިގެން ދިޔަ މައްސަލައެއް

އައިޝަތު ނަޝާ
28 ޑިސެމްބަރު 2025 - 09:48
ޓިކްޓޮކް ލައިވްއެއްގައި، ތުއްތު ކުއްޖަކަށް އަނިޔާކުރާ އަޑު އިވިގެން ދިޔަ މައްސަލައެއް

މިއަދު ހެނދުނުގެ ވަގުތެއްގައި ޓިކްޓޮކްއަށް އޮޅިގެން ލައިވްވެވި، މަންމައަކު ތުއްތު ކުއްޖަކަށް އަނިޔާކޮށް، އެ ކުއްޖާއަށް ހުތުރު ބަހުން އެއްޗެހިކިޔާ އަޑު އިވިގެން ދިޔަ މައްސަލަ އެއް ފެންމަތިވެއްޖެއެވެ.

މިކަން ހިނގާ ދިޔައީ މިއަދު ހެނދުނު ގެ ވަގުތެއްގައި ޓިކްޓޮކް ގްރޫޕް ލައިވްއެއްގެ ތެރޭގައެވެ. އެވަގުތު އެ ލައިވް ގައި ތިބި އެހެން މީހުން ވަނީ އަނިޔާނުކުރުމަށް ތަކުރާރުކޮށް އެ އަންހެންމީހާ ގާތު ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް ކުޑަ އިރުކޮޅެއް ވަންދެން އިނުމަށް ފަހު އެ އަންހެން މީހާ ވަނީ އެ ލައިވް އެންޑް ކޮށްލާފައެވެ. ބެލެވޭ ގޮތުގައި އޭނާ އަށް ލައިވް ވެވިފައިވަނީ އޮޅިގެންނެވެ.

40 ސިކުންތުގެ އެ ލައިވްގެ އަޑުކޮޅުގައި ކުއްޖާއަށް އަނިޔާކުރާ އަޑާއި، ހުތުރު އެއްޗެހިކިޔާ އަޑު އިވިގެން ދެއެވެ.އަދި ގިނައިރު ރޮއިފާ ވާތީ ކުއްޖާގެ އަޑު ރަނގަޅަސް ބޭރުނުވާކަނަް ވެސް ފާހަގަކުރެވެއެވެ.

ކުއްޖާގެ އަޑުން ބެލެވޭ ގޮތުގައި އެ ކުއްޖާ އަކީ 3 ނުވަތަ 5 މަހުގެ ކުއްޖެކެވެ. މި އަންހެން މީހާ އަކީ ކާކު ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ފުލުހުންގެ މިޑިއާ އޮފިސަރަކު މެންދުރު ޓިީވީއަށް މައުލޫމާތު ދިން ގޮތުގައި މިކަމާ ބެހޭ މައުލޫމާތެއް ނުވަތަ މައްސަލައެއް އަދި ފުލުހުންނަށް ހުށަހަޅާފައެއް ނުވެއެވެ.

މި ފަހަކަށް އައިސް މިފަދަ އެތަށް މައްސަލަތަކެއް އަންނަނީ ޓިކްޓޮކް ލައިވް ތަކުގައި ފެންމަތިވަމުންކަން ފާހަގަ ކޮށްލެވެއެވެ.

ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި،މިފަދަ ކަންކަން ކުރާ މީހުންގެ މައުލޫމާތު ކަމާ ގުޅޭ އެންމެހާ ފަރާތްތަކާ ހިއްސާކުރުމަކީ މުހިއްމުކަމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަކަރުން 50،000 އަށްވުރެ ގިނަ ރުފިޔާ އަތުލި މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންޓިކްޓޮކް ލައިވްއެއްގައި، ތުއްތު ކުއްޖަކަށް އަނިޔާކުރާ އަޑު އިވިގެން ދިޔަ މައްސަލައެއްޚަބަރު | 3 ގަޑިއިރު ކުރިންމޯލްޑިވިއަންގެ އޮފީހެއް ފަޅާލައި ކާގޯ ދެ ފޮށިގަނޑު ވަގަށްނަގައިފިޚަބަރު | 5 ގަޑިއިރު ކުރިންސްކޭމްގެ ތުހުމަތުގައި ހައްޔަރުކުރި އަޒުރާހުގެ ބަންދުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 7 ގަޑިއިރު ކުރިން