logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ސްކޭމްގެ ތުހުމަތުގައި ހައްޔަރުކުރި އަޒުރާހުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

އައިޝަތު ނަޝާ
28 ޑިސެމްބަރު 2025 - 05:18
ސްކޭމްގެ ތުހުމަތުގައި ހައްޔަރުކުރި އަޒުރާހުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ސްކޭމް ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޙަސަން އަޒުރާޙުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ

މި މައްސަލައިގެ ތުހުމަތުކުރެވޭ ހމ.ފްލެޓް ނަންބަރު 06-2-39 / މާލެ، ޙަސަން އަޒުރާޙު (39އ) 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުމުރުން 39 އަހަރުގެ ހަސަން އަޒުރާހު ހައްޔަރުކޮށްފައި ވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެ މީހާގެ ނަމުގައި މުއާމަލާތްކޮށްގެން އެކި ފަހަރު މަތިން ބޮޑެތި އަދަދުތަކުން ފައިސާ އަތުލާފައިވާ ކަމަށެވެ.

އިއްޔެ ބޭއްވި ބަންދުގެ މުއްދަތު އިތުރުކުރުމުގެ މަޖިލީހުގައި ފުލުހުން ހާމަކުރި ގޮތުގައި، އަޒުރާހަކީ ގިނަ ބައެއްގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށް، އެ ފަރާތްތަކުގެ ބޭންކް އެކައުންޓްތަކުން މަކަރާއި ހީލަތުން ފައިސާ ނަގަމުންދާ މީހެކެވެ. މިގޮތުން އޭނާއާ ގުޅުންހުރި މިފަދަ 27 މައްސަލައެއް މިހާރުވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ހަސަން އަޒުރާހުގެ އިތުރުން އިތުރު ދެ މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއީ މާލޭހިޔާ 1-16-03، އަހްމަދު ހައްސާން (33އ) އާއި ނ. މަނަދޫ، ވެށި، ހުސައިން ސަމާހު (33އ) އެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމީން މިއާގެ މަރުގެ މައްސަލަ: ލަންކާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 14 ގަޑިއިރު ކުރިންކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އަޙްމަދު މުޙައްމަދު އައްޔަންކުރައްވައިފިޚަބަރު | ދުވަހެއް ކުރިންނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންގޮސްފިޚަބަރު | 2 ދުވަސް ކުރިންފުލިދޫގައި އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތްކުރަން އުޅުނު މީހަކު ނިޔާވެއްޖެޚަބަރު | 3 ދުވަސް ކުރިން