logo
ޒީރޯ ވޭސްޓް މިއުޒިއަމް ބައްލަވާލައްވައި، މެޑަމް ސާޖިދާ 'ވިޝް ވޯލް' ގައި މެސެޖެއް ދެއްވައިފިMPL

MPL

ޚަބަރު

އޯޓީޕީ ހޯދައިގެން ހިންގާ ސްކޭމްތައް އަނެއްކާވެސް އިތުރުވެއްޖެ

އައިޝަތު ނަޝާ
13 ނޮވެމްބަރު 2026 - 04:42
އޯޓީޕީ ހޯދައިގެން ހިންގާ ސްކޭމްތައް އަނިއްކާވެސް އިތުރުވެއްޖެ

އޯޓީޕީ ހޯދައިގެން އީ-ސިމްއަށް ބަދަލުކޮށް ބޭންކް އަދި ސޯޝަލް މީޑިއާ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށްގެން ހިންގާ ސްކޭމްތަކާއި، ހުއްދަނެތި ޑިޖިޓަލް ވޮލެޓް ހަދައިގެން ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ، މިކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ފާއިތުވި މަސްދުވަހު މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ދަނީ އޮޅުވާލައިގެން ކުރާ ފޯނު ކޯލްތަކާއި ފޮނުވާ ޓެކްސްޓް މެސެޖުތަކުގެ ޒަރީއާއިން ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) އަދި ވެރިފިކޭޝަން ލިންކުތައް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މިހާރު އެންމެ އާއްމުކޮށް ބޭނުންކުރަމުންދާ އެއް އުކުޅަކީ، ޝިކާރައަކަށްވާ މީހާއަށް ގުޅައި، ގުޅާ މީހާ މިހާރު ބޭނުންކުރާ މޮބައިލް ނަމްބަރަކީ މީގެ ކުރިން އެ މީހާ ބޭނުންކުރި ނަމްބަރެއް ކަމަށް ބުނެ އޮޅުވާލައިގެން ކޯޑު ހޯދައި، ބޭންކް އަދި ޑިޖިޓަލް ވޮލެޓްތަކުގެ އޯޓީޕީ ޗެނަލްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތައް ކޮމްޕްރޮމައިޒްކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ދާދި ފަހުން ރާއްޖެއިން ބޭރުން އައިސް އުޅޭ ކަމަށާއި، ކުރީގެ އީމެއިލް ނުވަތަ ސޯޝަލް މީޑިއާ އެކައުންޓްތައް އަލުން ހޯދަން (ރިކަވަރ ކުރަން) ބޭނުންވާ ކަމަށް ބުނެ، ފޯނަށް އަންނަ ވެރިފިކޭޝަން ކޯޑު ހޯދުމަށް މަކަރާއި ހީލަތުން މަސައްކަތްކުރަމުން ދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

 

ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް

  • އެއްވެސް ހާލެއްގައި އޯޓީޕީ ނުވަތަ ލިންކު ހިއްސާނުކުރުން: އެއްވެސް ފަރާތަކާ ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ)، ޕިން(PIN)، ނުވަތަ ވެރިފިކޭޝަން ލިންކެއް ހިއްސާނުކުރާށެވެ. ގުޅި ފަރާތަކީ ތިޔަބޭފުޅާގެ ނަމްބަރު ކުރިން ބޭނުންކުރި މީހާ ކަމަށް ބުނި ކަމުގައި ވިޔަސް، ރައްޓެއްސެއް ކަމަށް ބުނި ކަމުގައި ވިޔަސް، ނުވަތަ ބޭންކަކުން ނުވަތަ ޓެލެކޮމް ކުންފުންޏަކުން ގުޅި ފަރާތެއް ކަމަށް ބުނި ކަމުގައި ވިޔަސްމެއެވެ.
  • ގުޅާ ފަރާތްތަކުގެ ވާހަކަތައް ކަށަވަރުކުރުން: އެކައުންޓް ރިކަވަރ ކުރުމަށް ކޯޑެއް ބޭނުންވާ ކަމަށް ބުނެ، ނޭނގޭ ނަންބަރުތަކުން ގުޅައި ކުއްލި ކަމެއްގެ ގޮތުގައި ދައްކައިގެން ކުރާ އާދޭސްތަކަށް ސަމާލުކަން ނުދޭށެވެ. އެކައުންޓް އަލުން ހޯދުމުގެ ރަސްމީ މަރުހަލާތަކުގައި، ކުރިން ބޭނުންކޮށްފައިވާ ފޯނު ނަމްބަރެއް މިހާރު ގެންގުޅޭ ފަރާތަކާ ގުޅާކަށް ދުވަހަކުވެސް ނުޖެހޭނެއެވެ.
  • މޮބައިލް ކަނެކްޓިވިޓީއަށް ސަމާލުވުން: އެއްވެސް ސަބަބަކާ ނުލައި ކުއްލިއަކަށް ތިޔަބޭފުޅާގެ ފިޒިކަލް ސިމް ކާޑުން ނެޓްވޯކް ސިގްނަލް ގެއްލިއްޖެނަމަ، ލަސްނުކުރައްވާ ވަގުތުން ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑަރަށް ގުޅުއްވާށެވެ. ސަބަބަކީ މިއީ ތިޔަބޭފުޅާގެ ހުއްދައަކާ ނުލައި އީ-ސިމް(eSIM)ބަދަލުކޮށްފައިވާ ކަމުގެ ނިޝާނަކަށް ވެދާނެތީއެވެ.
  • ޝައްކުކުރެވޭ ކަންކަން ރިޕޯޓުކުރުން: ޝައްކުކުރެވޭ ފަދަ ފޯނު ކޯލެއް ނުވަތަ މެސެޖެއް ލިބިއްޖެނަމަ، ނުވަތަ ތިޔަބޭފުޅާގެ އެކައުންޓަކަށް އެހެން ފަރާތަކުން ވަދެފައިވާކަމަށް ޝައްކުކުރެވޭނަމަ، ލަސްނުކުރައްވާ ވަގުތުން އެކަން ނޭޝަނަލް އިމަޖެންސީ ސެންޓަރުގެ ނަންބަރު 911އަށް ރިޕޯޓުކުރައްވާށެވެ. އަދި އެކައުންޓްތައް ފްރީޒްކުރުމަށްޓަކައި އެ ބޭންކަކާ ގުޅުއްވާށެވެ. މީގެއިތުރުން، ސޯޝަލް މީޑިއާ އެކައުންޓްތައް ރިކަވަރކުރުމަށް އެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ ސަޕޯޓްގެ އެހީ ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުގެ އެހީ ހޯއްދަވާށެވެ.

 

އިންޓަރނެޓް މެދުވެރިކޮށް ހިންގާ މިފަދަ މާލީ މަކަރާއި ޙީލަތުގެ މައްސަލަތައް ހުއްޓުވުމުގައި އާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް، މި މައުލޫމާތުތައް އިތުރު ފަރާތްތަކާ ހިއްސާކުރެއްވުމަކީ ނުހަނު މުހިންމު ކަމެކެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޯޓީޕީ ހޯދައިގެން ހިންގާ ސްކޭމްތައް އަނިއްކާވެސް އިތުރުވެއްޖެޚަބަރު | 2 ގަޑިއިރު ކުރިންމާލެއިން މީހަކު ގެއްލިގެން ހޯދަނީ ޚަބަރު | 18 ގަޑިއިރު ކުރިންވިޔަފާރި އެއްބަސްވުންތައް ހާމަކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމެއް: އަބްދުﷲޚަބަރު | 2 ދުވަސް ކުރިންރިސޯޓެއްގެ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ކެޕްޓަން ފިހިއްޖެޚަބަރު | 3 ދުވަސް ކުރިން