ޒީރޯ ވޭސްޓް މިއުޒިއަމް ބައްލަވާލައްވައި، މެޑަމް ސާޖިދާ 'ވިޝް ވޯލް' ގައި މެސެޖެއް ދެއްވައިފި
13 ނޮވެމްބަރު 2026 - 01:03

ތުރުކީވިލާތުގައި މިހާރު ކުރިއަށްދާ އދ. ގެ ކޮޕް31 ސަމިޓުގެ ހަވާސާގައި ބޭއްވި، ޒީރޯ ވޭސްޓް މިއުޒިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޒީރޯ ވޭސްޓް މިއުޒިއަމް ބައްލަވާލައްވައި، މުސްތަޤުބަލަށް އަމާޒުކޮށް '2035 ވިޝް ވޯލް' ގައި ޚާއްޞަ މެސެޖެއް ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން 30 އަހަރަށްވުރެ ގިނަ ދުވަސްވީ ޒައިތޫނި ގަހެއްގެ ވަށައިގެން ހަދާފައިވާ 'ޕްލެޖް ޓްރީ' ގައި، ތިމާވެއްޓާ ގުޅޭގޮތުން ވެވޭ ވަޢުދުތައް ފަތެއްގެ ސިފައިގައި ހަދާފައިވާ ކާޑުތަކެއްގައި ލިޔުމުގެ ފުރުޞަތު އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވަނީ ފަހިކޮށްދީފައެވެ.
.png&w=750&q=75)
Ad by Hajj Corporation
ޒީރޯ ވޭސްޓް މިއުޒިއަމަކީ ޒީރޯ ވޭސްޓް މޫވްމަންޓްގެ 9 އަހަރުގެ ދަތުރު ދައްކުވައިދޭ ތަނެކެވެ. މި މިއުޒިއަމްގައި ތުރުކީވިލާތުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ހޯދާފައިވާ ކާމިޔާބީތަކާއި، ސަރކިއުލަރ އިކޮނޮމީ (އިޔާދަކުރަނިވި އިޤްތިޞާދު) އަށް ކޮށްފައިވާ ކަންކަމުގެ މިސާލުތައް ފެންނަން ހުއްޓެވެ. ސަރކިއުލަރ އިކޮނޮމީއަކީ އުފައްދާ ތަކެތި އުކާލުމުގެ ބަދަލުގައި، އެތަކެތި އަލުން ބޭނުންކޮށް އަދި ރީސައިކަލްކޮށްގެން ކުނި އުފެދޭ މިންވަރު މަދުކުރާ އިޤްތިޞާދީ ނިޒާމެކެވެ.
މި މިއުޒިއަމްގައި ދައްކާލާފައިވާ ކަންކަމުގެ ތެރޭގައި، ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި، ރީސައިކަލްކުރުމުގެ އެކި މަރުޙަލާތަކާއި، ޤުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމުގެ މުހިންމުކަން ހިމެނެއެވެ. އަދި ކުނި އަލުން ބޭނުންކުރުމާއި، ކުނި ބޭނުންކޮށްގެން ފަންނުވެރި އުފެއްދުންތައް ތައްޔާރުކުރުމުގެ އާދަތަކުގެ އިތުރުން، އިންޓަރެކްޓިވް ޑިސްޕްލޭތަކާއި، ޑިޖިޓަލް އެޕްލިކޭޝަންތަކާއި އެކި ކުރެހުންތައް ވެސް މި މިއުޒިއަމްގައި ވަނީ ހިމަނާފައެވެ.
މި މިއުޒިއަމްގެ ސަބަބުން، ޒީރޯ ވޭސްޓް ކުރިއެރުވުމުގައި ތުރުކީވިލާތުން ހޯދާފައިވާ ތަޖުރިބާ ބައިނަލްއަޤްވާމީ ފަރާތްތަކަށް ތަޢާރަފުވެގެންދާނެއެވެ. އަދި ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ބޭނުންކުރުމަށާއި ސަރކިއުލަރ އިކޮނޮމީއަށް މީހުން ހޭލުންތެރިކުރުވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

-01.jpg&w=3840&q=75)
