logo
MPL

MPL

ޚަބަރު

އުފައްދާ ފަރާތްތަކުން ޒިންމާ ނަގަންޖެހޭ، ތުރުކީގެ 'ޒީރޯ ވޭސްޓް' ބައްދަލުވުމުގައި މެޑަމް ސާޖިދާގެ ވަރުގަދަ އިލްތިމާސެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
11 ނޮވެމްބަރު 2026 - 17:01
''އުކާލާ ކުނި ގެއްލެނީއެއް ނޫން''، ފަސްޓް ލޭޑީ ދެއްވީ ދުނިޔެ ސިއްސުވާލި ވަރުގަދަ އިންޒާރެއް

އުކާލެވޭ ކުނި އެހިސާބުން ގެއްލިގެން ނުދާކަން ހަނދާންކޮށްދެއްވައި، ތިމާވެއްޓަށް ގެއްލުންދޭ ކުނި އުފެދޭ އަސްލުން ފެށިގެން އެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވައިފިއެވެ.

ފަސްޓް ލޭޑީ މިފަދައިން ގޮވާލެއްވީ ތުރުކީވިލާތުގެ އަންތާލިޔާގައި ބޭއްވުނު ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސްގެ މަތީ ފެންވަރުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ސިލްސިލާ ސަމިޓް (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމަކީ، ތުރުކީގެ ފަސްޓް ލޭޑީ އެމިނޭ އުރުދުޣާންގެ އިސްނެންގެވުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ ޤައުމުތަކުގެ އިސްވެރިންގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެން، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމާއި ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ފަސްޓް ލޭޑީގެ ވާހަކަފުޅުގައި، ކަނޑަށް އެޅޭ ކުނީގެ ސަބަބުން ފަރުތަކަށާއި، ކަނޑުގެ ދިރުންތަކަށާއި، ކާބޯތަކެތީގެ ޗޭނަށް ކުރާ ނޭދެވޭ އަސަރުތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި އުކާލެވޭ ކުންޏަކީ ހަމައެކަނި ލޮލަށް ނުފެނި ގެއްލިގެންދާ އެއްޗެއް ނޫންކަން ފާހަގަކުރައްވައި، މުދާ އުފައްދާ ފަރާތްތަކުން ތިމާވެއްޓަށް ޒިންމާދާރުވުމުގެ މުހިންމުކަން ބަޔާންކުރެއްވިއެވެ. މީގެ އިތުރުން ދުނިޔޭގެ ފެންވަރުގައި ހިންގާ ޒީރޯ ވޭސްޓް ހަރަކާތުގައި ތުރުކީގެ ފަސްޓް ލޭޑީ އަދާކުރައްވާ އިސް ދައުރަށް ތައުރީފުކުރައްވައި، ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސްގެ އަމާޒުތަކަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން އޮތްކަން ހާމަކުރެއްވިއެވެ.

ރާއްޖެއިން މި ދާއިރާއިން އަޅަމުންދާ ފިޔަވަޅުތަކަށް އިޝާރާތްކުރައްވަމުން، ޤަވާޢިދާ ޚިލާފަށް ރާއްޖެއަށް ކުނި އެތެރެކުރުން މަނާކުރުމަށާއި ނުރައްކާތެރި ކުނީގެ ވިޔަފާރިކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ކަނޑައެޅުމަށްޓަކައި، ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނެވި އިސްލާހުތައް އެކަމަނާ ފާހަގަކުރެއްވިއެވެ.

ފަސްޓް ލޭޑީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެހެން ޤައުމުތަކުގައި އުފައްދައި، ބަންދުކޮށް، އެކްސްޕޯޓްކުރާ މުދަލަށް ބަރޯސާވާ ރާއްޖެ ފަދަ ކުދި ޤައުމުތަކަށް އެ ތަކެތީގެ ކުނި މެނޭޖުކުރުމުގެ ބުރަ އުފުލަން ޖެހެއެވެ. އެހެންކަމުން މުދާ އުފައްދާ ފަރާތްތަކުގެ ޒިންމާ މުދާ ވިއްކުމުން ނިމިގެން ނުވާނެ ކަމަށާއި، ތިމާވެއްޓާ ރައްޓެހި ޕެކޭޖިންގ އާއި އައު ޓެކްނޮލޮޖީ ބޭނުންކުރުމަށާއި، ދައުރުވާ އިޤްތިޞާދަކަށް (ސާކިއުލާ އިކޮނޮމީ) ވާސިލުވުމަށް މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ގޮވާލެއްވިއެވެ.

ދެމެހެއްޓެނިވި ބަދަލެއް ގެނައުމުގައި ޢާއިލާތަކާއި، ސްކޫލްތަކާއި، މުޖުތަމަޢުގެ ދައުރު ބޮޑުކަން ފާހަގަކުރައްވަމުން، ދުނިޔެ ސާފުތާހިރުކޮށް ބޭއްވުމުގެ ޒިންމާދާރުކަން ކުޑަކުދިންގެ ކިބައިގައި އަށަގަންނުވަން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެގޮތުން ދެމެހެއްޓެނިވި ބަދަލު ފެށެނީ ގޭތެރެއިން ކަމަށާއި، އެކަން ހަރުދަނާވަނީ ސްކޫލްތަކުން ކަމަށާއި، އަދި ކުރިއަރައިގެންދަނީ މުޅި މުޖުތަމަޢުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ތެރެއިން ވަނީ ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް ރަސްމީކޮށް އިފްތިތާޙުކޮށްފައެވެ. މިއީ 2017 ވަނަ އަހަރު ތުރުކީވިލާތުގައި ފެށި ޒީރޯ ވޭސްޓް ހަރަކާތުގެ މައްޗަށް ބިނާކޮށް، ސަރުކާރުތަކާއި، އދ. ގެ އިދާރާތަކާއި، ބައިނަލްއަޤްވާމީ ބައިވެރިން ގުޅިގެން ކުނި މެނޭޖުކުރުމުގެ ހަރުދަނާ އުސޫލުތައް ދުނިޔޭގެ ފެންވަރުގައި ފުޅާކުރުމަށް އެކުލަވާލެވުނު ބައިނަލްއަޤްވާމީ އިސްނެގުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''އުކާލާ ކުނި ގެއްލެނީއެއް ނޫން''، ފަސްޓް ލޭޑީ ދެއްވީ ދުނިޔެ ސިއްސުވާލި ވަރުގަދަ އިންޒާރެއްޚަބަރު | 20 މިނިޓު ކުރިންމިއަހަރުގެ ރިވެލި އެވޯޑު 8 ފަރާތަކަށް، އެވޯޑު ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާޚަބަރު | 3 ދުވަސް ކުރިންތަހުޒީބުވުމަށްޓަކައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރަންޖެހޭޚަބަރު | 3 ދުވަސް ކުރިންއިސްލާމީ ޔުނިވަރސީޓީން މިއަހަރު ދަސްވެނިވާ ދަރިވަރުންގެ ތެރެއިން 98 ދަރިވަރުން ދަސްވެނިވެއްޖެޚަބަރު | 6 ދުވަސް ކުރިން