logo
MPL

MPL

ޚަބަރު

އިސްލާމީ ޔުނިވަރސީޓީން މިއަހަރު ދަސްވެނިވާ ދަރިވަރުންގެ ތެރެއިން 98 ދަރިވަރުން ދަސްވެނިވެއްޖެ

އާދަމް ލަޔާން ކުރިކް ރިޒާއާދަމް ލަޔާން ކުރިކް ރިޒާ
5 ނޮވެމްބަރު 2026 - 05:36
އިސްލާމީ ޔުނިވަރސީޓީން މިއަހަރު ދަސްވެނިވާ ދަރިވަރުންގެ ތެރެއިން  98 ދަރިވަރުން ދަސްވެނިވެއްޖެ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިއެމްޔޫ) ގެ 2026 ވަނަ އަހަރު ދަސްވެނިވާ ދަރިވަރުންގެ ތެރެއިން 98 ދަރިވަރުން ދަސްވެނިވެއްޖެ އެވެ.

ނޮވެމްބަރު 5 ބުރާސްފަތި ދުވަހު، އެ ޔުނިވަރސިޓީގެ ހޯލުގައި ކުރިޔަށް ގެންދިޔަ ދަސްވެނިވުމުގެ ޙަފްލާގެ ފުރަތަމަ ދަންފަޅި ޝަރަފުވެރިވެ ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން މެޑަމް ސާޖިދާ މުޙައްމަދު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޙަފުލާގެ ފުރަތަމަ ދަންފަޅީގައި ޖުމްލަ 98 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. ތަޢުލީމީ ގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ނުވަ ދަރިވަރަކަށް އިނާމާއި އެވޯޑު ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާއެވެ. އެ ޔުނިވަރސިޓީން މިއަހަރު ޖުމްލަ 542 ދަރިވަރަކު ދަސްވެނިވާނެ އެވެ.

މި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވަނީ، އެ ޔުނިވަރސިޓީގެ ތަޢުލީމީ ފެންވަރު ދެމެހެއްޓުމަށާއި އިތުރަށް ހަރުދަނާކުރުމަށާއި، ތަޢުލީމީ ވަސީލަތްތައް ތަރައްޤީކުރުމަށާއި، އަދި ތަޢުލީމު އުނގެނުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިއަހަރު ދަސްވެނިވި ދަރިވަރުންގެ ތެރޭގައި ސެޓްފިކެޓް ލެވެލްގެ ޕްރޮގްރާމްތަކުން 322 ދަރިވަރުން، ޑިޕްލޮމާ ފުރިހަމަކުރި 14 ދަރިވަރުން، ބެޗްލަރސް ޑިގްރީ ހާސިލުކުރި 69 ދަރިވަރުން، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ ހާސިލުކުރި ފަސް ދަރިވަރުން، އަދި މާސްޓަރސް ޑިގްރީ ފުރިހަމަކުރި 132 ދަރިވަރުން ހިމެނެއެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދިވެހި ދަރިވަރުންގެ އިތުރުން އެ ޔުނިވަރސިޓީގައި ކިޔެވި ބައެއް ބޭރުގެ ދަރިވަރުންވެސް ދަސްވެނިވެފައެވެ. އޭގެ ތެރޭގައި މިޞްރާއި ފަލަސްޠީންގެ ދަރިވަރުންވެސް ހިމެނެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްލާމީ ޔުނިވަރސީޓީން މިއަހަރު ދަސްވެނިވާ ދަރިވަރުންގެ ތެރެއިން 98 ދަރިވަރުން ދަސްވެނިވެއްޖެޚަބަރު | 2 ގަޑިއިރު ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިންނަފްސާނީ ފަރުވާ ހޯދުމަކީ ބަލިކަށިކަމެއްގެ ގޮތުގައި ނުދެކޭ މުޖުތަމައެއް ބިނާކުރަންޖެހޭ: ސާޖިދާޚަބަރު | 4 ދުވަސް ކުރިންއުފެއްދުންތެރިކަމުގެ މައުރަޒުގެ ވަނަތައް ހޮވައިފިޚަބަރު | 12 ދުވަސް ކުރިން