ރިސޯޓެއްގެ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ކެޕްޓަން ފިހިއްޖެ
10 ނޮވެމްބަރު 2026 - 03:42

ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، އެ ލޯންޗުގެ ކެޕްޓަން ފިހިގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ، ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ލޯންޗުގެ ކެޕްޓަނަށް އަނިޔާވި ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ފަތިހު 05:30 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 03:00 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ހާދިސާ ހިނގި ވަގުތު ލޯންޗުގައި ހުރީ އުމުރުން 34 އަހަރުގެ ދިވެހި ކެޕްޓަން އެކަންޏެވެ. އަލިފާނުގެ ސަބަބުން އޭނާގެ ކަރާއި މޭމަތި ފިހިފައިވާއިރު، މިހާރު އޭނާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.
މި ހާދިސާގައި އަލިފާން ރޯވި ލޯންޗަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

-01.jpg&w=3840&q=75)
