logo
MPL

MPL

ޚަބަރު

ފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް އިއުލާން ކޮށްފި، މުސާރަ އަކީ 15،500

އައިޝަތު ނަޝާ
3 ނޮވެމްބަރު 2026 - 10:57
ފުލުހުންގެ  ކޮންސްޓަބަލްގެ ވަޒީފާއަށް އިއުލާން ކޮށްފި، މުސާރަ އަކީ 15،500

ފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ހުޅުވާލައިފި އެވެ.

މި މަޤާމަށް ކަނޑައަޅާފައިވާ މުސާރައަކީ 15،500 އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައިދޭ 8,990ރ. އާއި މަގާމުގެ އެލަވަންސްގެ ގޮތުގައިދޭ 6,510ރ. އެވެ. އޭގެ އިތުރުން ފުލުހުންގެ ވަޒީފާގެ ގަވާއިދުގައިވާ ގޮތުގެމަތިން، އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތަކާއި ކެއުމާއި ބޭސްފަރުވާ ވެސް ދޭނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަގާމަށް ހޯދަނީ ކިތައް މީހުން ކަމެއް އިއުލާނުގައި ބުނެފައެއް ނުވެ އެވެ.

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި

  • ގްރޭޑް 10 ނިންމާފައިވުން
  • އުމުރުން 18-35 އަހަރާ ދެމެދުގެ މީހަކަށްވުން
  • ފިރިހެނެއް ނަމަ އިސްކޮޅުގައި 5 ފޫޓް 5 އިންޗި ހުރުން
  • އަންހެނެއް ނަމަ 5 ފޫޓު ދެ އިންޗި ހަމަވުން

ވަޒީފާއަށް މީހުން ހޮވުމުގައި ބެލޭނެ އަދި އިސްކަންދޭނެ ކަންތައްތައް:

  • އެސެސްމެންޓް ނުވަތަ ޓެސްޓްތަކުން ފާސްވުން

    - ބެކްގްރައުންޑް އެސެސްމެންޓް

    - ފިޒިކަލް ފިޓްނަސް ޓެސްޓް

    - ފެތުމުގެ ޓެސްޓް

    - އެޕްޓިޓިއުޑް ޓެސްޓް

    - އިންޓަވިއު

    - މެޑިކަލް އެގްޒަމިނޭޝަން

ފުލުހުންގެ ވަޒީފާގެ ގަވާއިދުގައި ފުލުހުންގެ މަގާމަށް މީހުން ރެކްރޫޓުކުރުމުގައި ބެލުމަށް ކަނޑައަޅާފައިވާ ކަންކަމަށް ބަލާނެއެވެ.އަދި ޓެސްޓްތަކުން މަތީ ނަތީޖާ ހޯދާ މީހުންނާއި، އަތޮޅުތެރޭގައި ގާއިމްކުރެވިފައިވާ ފުލުހުންގެ މަރުކަޒުތަކުގެ ތެރެއިން ފުލުހުން ކަނޑައަޅާ މަރުކަޒުތަކުގައި މަސައްކަތްކުރެވޭނެ މީހުންނަށް އިސްކަންދޭނެއެވެ.

ވަޒީފާއަށް މީހުން ހޮވުމުގައި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދޭ އެޕްޓިޓިއުޓް ޓެސްޓުން ފާސްވުމާއި ހަށިހެޔޮކަން ދެނެގަތުމަށް ދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުމުގެ އިތުރުން މެޑިކަލް އެގްޒަމިނޭޝަނަށް ބަލާނެ ކަމަށް ވެސް ފުލުހުންގެ އިއުލާޏުގައި ވަނީ ބަޔާން ކޮށްފައެވެ.

ވަޒީފާ އަށް އެދި ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 15 ވަނަ ދުވަހެވެ. ފޯމު ހުށަހަޅާނީ ޝަހީދު ހުސައިން އާދަމް ބިލްޑިންއަށެވެ. އެހެން ރަށަކުން ނަމަ ފޯމު ހުށަހަޅާނީ އެ އަތޮޅެއްގައި ގާއިމްކޮށްފައިވާ ފުލުހުންގެ މަރުކަޒުތަކުގެ ރިސެޕްޝަނަށެވެ.


 

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް އިއުލާން ކޮށްފި، މުސާރަ އަކީ 15،500ޚަބަރު | 2 ގަޑިއިރު ކުރިންޝާހިދު ބަންދުކުރުން: ބަންދަން 30 ދުވަސް ޖަހައިފިޚަބަރު | 2 ގަޑިއިރު ކުރިންނަޞްރުގެ ދުވަހުގެ ހަރަކާތްތަކަށް ޓްރެފިކް ފްލޯއަށް ބަދަލުތަކެއް: ބައެއް މަގުތައް ބަންދު!ޚަބަރު | ދުވަހެއް ކުރިންނަސްރުގެ ދުވަހުގެ ފަރިތަކުރުންތައް ކުރިއަށް ދާތީ ނޮވެެމްބަރު 2 އާ ހަމައަށް ވަކި އަދި މަގުތަކެއް ބަންދުވާނެޚަބަރު | 3 ދުވަސް ކުރިން