ވިޔަފާރި އެއްބަސްވުންތައް ހާމަކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމެއް: އަބްދުﷲ
11 ނޮވެމްބަރު 2026 - 08:55

ރަސްމާލެ ފަދަ ބިޔަ މަޝްރޫއުތަކުގެ ވިޔަފާރީގެ އެއްބަސްވުންތައް ހާމަކުރުމަށް ބައެއް ފަރާތްތަކުން އެދެމުން ދިޔަ ނަމަވެސް، އެ މަޝްރޫއުތައް ހަގީގަތަކަށް ނުވަނީސް އެފަދަ އެއްބަސްވުންތައް ހާމަކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރީގެ ސިއްރުތަކަށް ނުރައްކާވެދާނެ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީގެ "މައުލޫ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ ދިވެހި ސަރުކާރުން އާންމުކޮށް ހާމަކުރަންޖެހޭ މިންވަރަކަށް އަދި ގާނޫނީ ހަމަތަކުގެ މަތިން ހާމަކުރަންޖެހޭ މައުލޫމާތުތައް ދަނީ މެދުނުކެނޑި ހާމަކުރަމުން ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް އާރްޓީއައިތަކުގެ ޖަވާބުގެ ގޮތުގައި ސަރުކާރުން ސަތޭކައަށްވުރެ ގިނަ މައުލޫމާތު ފޯރުކޮށްދީފައިވާކަންވެސް އަބްދުﷲ ފާހަގަކުރެއްވި އެވެ.
.png&w=750&q=75)
Ad by Hajj Corporation
ނަމަވެސް، ކޮމާޝަލް ޓާމްސް އެގްރީމެންޓްތަކަކީ ވަކި އޮނިގަނޑެއްގެ ތެރެއިން ދެފަރާތުގެ މެދުގައި ހާސިލުކުރަންޖެހޭ ލަނޑުދަނޑިތަކެއް ހުންނަ ކަންކަން ކަމަށްވާތީ، އެ މަސައްކަތްތައް ފުރިހަމަވެ، އޭގެ ފައިދާ ނުވަތަ ޕްރޮޑަކްޓެއްގެ ސިފައިގައި ނުނިކުންނަނީސް އެކަމާ ގުޅޭގޮތުން ވާހަކަދެއްކުމަކީ ނުވަތަ އެއްބަސްވުންތައް ބޭރުކޮށްލުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އަބްދުﷲ ވިދާޅުވި އެވެ. މީގެއިތުރުން ރާއްޖޭގެ ގާނޫނީ ނިޒާމަށާއި އުފެދެމުން އަންނަ އާ ސިނާއަތްތަކަށް ބޭނުންވާ ބަދަލުތައް ގެނެސްގެން ނޫނީ އެފަދަ ބޮޑެތި އެއްބަސްވުންތަކުގެ ފުރިހަމަ މަންފާ ނުލިބޭނެ ކަމަށް ވެސް އަބްދުﷲ އަބްދުއްރަހީމް ވަނީ ފާހަަގަކުރައްވާފައެވެ.
އަބްދުﷲ އިތުރަށް ވިދާޅުވީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ސިނާއަތްތަކަށް ބޭނުންވާ ބަދަލުތައް ނުގެނެސް، ނުވަތަ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ވަކި ހިސާބަކަށް ގޮސް އޭގެ އަމަލީ ފައިދާ ފެންނަން ނުފަށަނީސް އެއްބަސްވުންތަކުގައި ހުންނަ ސިއްރު މައުލޫމާތުތައް ހާމަކުރުމަކީ ރާއްޖެއަށް އިންވެސްޓްކުރަން ތިބި ބޭރުގެ ބޮޑެތި ކުންފުނިތަކުގެ އިތުބާރު ހީނަރުވެ، މުޅި އިގްތިސާދަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ.

-01.jpg&w=3840&q=75)
