logo
MPL

MPL

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ސީޝެލްސްގެ ނައިބު ރައީސާއާ މަޝްވަރާކުރައްވައިފި

އަޙުމަދު ރިޝާން
11 ނޮވެމްބަރު 2026 - 06:51
 ރައީސުލްޖުމްހޫރިއްޔާ ސީޝެލްސްގެ ނައިބު ރައީސާއާ މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ސީޝެލްސްގެ ނައިބު ރައީސް ސަބާސްޓިއަސް ޕިއްލޭއާ ބައްދަލުކުރައްވާ ދެ ގައުމުގެ ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

ރައީސް އެމަނިކުފާނާ ބައްދަލު ކުރެއްވީ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ކޮޕް ސަމިޓް) ގައި ބައިވެރިވެވަޑައިގަތުމަށް ތުރުކީވިލާތުގެ އަންތާލިޔާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުމުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ގައުމުތަކަށް ދިމާވާ ކަންކަމުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހިރާއްޖެއާއި ސީޝެލްސްއިން މި ސަމިޓުގެ ތެރެއިން ބާރުއަޅައި ވަކާލާތު ކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ ކޮޕް ސަމިޓު ތުރުކީގެ އަންތަލިޔާގައި ކުރިއަށްދާނީ މިމަހުގެ 9 އިން 20 އަށެވެ. އަދި ސަމިޓުގެ އެންމެ މުހިންމު ބައި ކަމުގައިވާ ދުނިޔޭގެ ވެރިންގެ ސަމިޓު މިމަހުގެ 11 އިން 12 އަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ ސީޝެލްސްގެ ނައިބު ރައީސާއާ މަޝްވަރާކުރައްވައިފިޚަބަރު | 32 މިނިޓު ކުރިންދިވެހިރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިޚަބަރު | ގަޑިއިރެއް ކުރިންކަނޑުގެ މައްސަލަ ބަލާ ކޮމިޝަނަށް ބަދަލުތަކެއްޚަބަރު | ދުވަހެއް ކުރިންކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީއަށް ފުރާވަޑައިގެންފިޚަބަރު | ދުވަހެއް ކުރިން