logo
MPL

MPL

ޚަބަރު

ދިވެހިރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

އަޙުމަދު ރިޝާން
11 ނޮވެމްބަރު 2026 - 06:03
ރައީސް މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސް މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ހޫނު މަރުޙަބާއަކާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފި އެވެ.

އެމަނިކުފާނު މި ތަހުނިޔާ ފޮނުއްވާފައިވަނީ ސޯޝަލް މީޑީޢާގައި ހިއްސާކުރެއްވި ހާއްސަ ޕޯސްޓެއް މެދުވެރިކޮށެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް) ގެ 31 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ތުރުކީވިލާތުގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހިރާއްޖޭގައި ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް ނޮވެންބަރު މަހުގެ 11 ވަނަ ދުވަހެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ޤާއިމުކުރެވިފައިވަނީ 1953 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ތާރީޚަށް ބަލާއިރު، މިހާތަނަށް ޖުމްހޫރީ 7 ވެރިން ވަނީ ޤައުމުގެ ވެރިކަން ކުރައްވާފައެވެ. އެގޮތުން އެންމެ ފުރަތަމަ ވެރިކަން ކުރެއްވި ރައީސް އިބްރާހީމް ނާޞިރާއި، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ އިތުރުން ރައީސް މުޙައްމަދު ނަޝީދު ވަނީ ވެރިކަން ކުރައްވާފައެވެ. އަދި ރައީސް ނަޝީދު އިސްތިއުފާދެއްވުމާ ގުޅިގެން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަނާއި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުރުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިހާތަނަށް ދެވަނަ ޖުމްހޫރިއްޔާގައި ވެރިކަން ކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހިރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިޚަބަރު | 33 މިނިޓު ކުރިންކަނޑުގެ މައްސަލަ ބަލާ ކޮމިޝަނަށް ބަދަލުތަކެއްޚަބަރު | ދުވަހެއް ކުރިންކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީއަށް ފުރާވަޑައިގެންފިޚަބަރު | ދުވަހެއް ކުރިންޕާކިސްތާނުގެ އެހީއެކު ގުޅީފަޅުގައި ކްރިކެޓް ސްޓޭޑިއަމް އެއް އަޅަނީޚަބަރު | 2 ދުވަސް ކުރިން