ރަސްމާލޭގެ މާސްޓަރ ޕްލޭން ހެދުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަނީ
11 ނޮވެމްބަރު 2026 - 06:36

ރަސްމާލޭގެ މާސްޓަރ ޕްލޭން ހެދުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް ބީލަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފި އެވެ.
ހައުސިންގް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް ކަނޑައަޅާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ 12:00 ގައި ކަމަށެވެ. އަދި ބީލަން ހުށަހެޅުން އޮންނާނީ އަންނަ ޑިސެންބަރު މަހުގެ 02 ވަނަ ދުވަހުގެ 9:00 ގައި ހައުސިންގް މިނިސްޓްރީގަ އެވެ.
.png&w=750&q=75)
Ad by Hajj Corporation
ރަސްމާލެ މަޝްރޫއުގެ ދަށުން 1000 ހެކްޓަރުގެ ބިން ހިއްކާ ނިމުމުން މި ރަށަކީ ރާއްޖޭގައި މިހާތަނަށް އޮތް އެންމެ ބިން ބޮޑު ރަށަށް ވެގެންދާނެ އެވެ. މީގެ އިތުރުން ކުރިއަށް އޮތް 20 އަހަރުތެރޭގައި 200،000 ހައުސިންގ ޔުނިޓްގެ ފުރުސަތު އެ ބިމުން ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.
މި ބިމުގެ ތެރެއިން 500 ހެކްޓަރު ހާއްސަކޮށްފައި ވަނީ އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށެވެ. މި މަސައްކަތް ކުރުމަށްޓަކައި ޔޫއޭއީގެ އަބޫ ދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ކޮމާޝަލް ޓާމް ޝީޓުގައި ސޮއިކޮށްފައިވާއިރު، އެއްބަސްވުމާ ގުޅޭ މަޝްވަރާތައް މިހާރުވެސް ދަނީ ކުރިއަށެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގެނައުމަށްޓަކައި ރިއަލް އެސްޓޭޓް ވިޔަފާރިއާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށްވެސް ވަނީ ހުށަހަޅާފައެވެ.

-01.jpg&w=3840&q=75)
