logo
MPL

MPL

ޚަބަރު

އިޒުރޭލު މީހުންނަށް ބިން ނުގަނެވޭ ގޮތަށް ރަސްމާލެއާ ގުޅޭ ރިއަލް އެސްޓޭޓް ބިލް މަޖިލީހަށް ހުށަހަޅައިފި

އަޙުމަދު ރަމީޒު
9 ނޮވެމްބަރު 2026 - 05:29
ރަސްމާލޭގައި އަޅާ ވޯޓާ ފްރޮންޓް އިމާރާތްތައް ނިމުމުން ހުންނާނެ ގޮތް
ރަސްމާލޭގައި އަޅާ ވޯޓާ ފްރޮންޓް އިމާރާތްތައް ނިމުމުން ހުންނާނެ ގޮތް

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ މަޝްހޫރު އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ތަރައްގީކުރުމަށް ރާވާފައިވާ ’މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ‘ މަޝްރޫއުގެ ތެރެއިން އިޒުރޭލު މީހުންނަށް ބިމާއި ގެތައް ނުގަނެވޭނެ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިބިލް ހުށަހެޅުއްވީ ޕީއެންސީގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަސްމާލޭގައި ތަރައްގީކުރުމަށް ރާވާފައިވާ މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫއާ ގުޅޭ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ސެޕްޓެމްބަރު 21 ވަނަ ދުވަހު އެވެ. މިމަޝްރޫއުގެ ޖުމްލަ އަގު 20 ބިލިއަން ޑޮލަރަށް އަރާއިރު މިއީ ރާއްޖޭގެ ތާރީހުގައިވެސް ހިންގާނެ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއެވެ.

ރަސްމާލެ މަޝްރޫއުގައި ސޮއިކުރުމާއެކު އިދިކޮޅު ފަރާތްތަކުން ގެންދަނީ އީގަލް ހިލްސްއަކީ އިޒުރޭލާ ގުޅިފައި އޮތް ކުންފުންޏެއް ކަމަށް ބުނެ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރަސްމާލެއިން ބިން ގަނެ އިޒުރޭލު މީހުން އެތަނުގައި ދިރިއުޅެން ފަށާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ގެންދަނީ މުޒާހަރާވެސް ކުރަމުންނެވެ.

އިދިކޮޅު ފަރާތްތަކުގެ ތުހުމަތުތަކަށް ރައްދުދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރެވޭ އިގްތިސާދީ ސިނާއަތަކަށް ވާނެ ކަމަށެވެ. އެ މަޝްރޫއު ކުރިއަށް ގެންދާނީ އެކަމާ ގުޅޭ ރިއަލް އެސްޓޭޓް ގާނޫނެއް ހަދައިގެން ކަމަށާއި ރަސްމާލެއިން ބޭރުގެ އެއްވެސް ފަރާތަކަށް ބިން މިލްކު ކުރެވޭ ގޮތަށް ބިން ނުވިއްކާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

 

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިޒުރޭލު މީހުންނަށް ބިން ނުގަނެވޭ ގޮތަށް ރަސްމާލެއާ ގުޅޭ ރިއަލް އެސްޓޭޓް ބިލް މަޖިލީހަށް ހުށަހަޅައިފިޚަބަރު | 24 މިނިޓު ކުރިންރަސްމާލެއަކީ މައްސަލަތަކުގެ ހައްލު، ދިވެހިންގެ އުއްމީދުރިޕޯޓް | 9 ދުވަސް ކުރިންރަސްމާލެ މަޝްރޫއުގެ ކަންބޮޑުވުންތަކަށް ރިއާޔަތްކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި: ސަލަފް ޖަމިއްޔާޚަބަރު | 10 ދުވަސް ކުރިންރަސްމާލެއަށް އަހަރަކު 1 މިލިއަން ފަތުރުވެރިން؛ އިގުތިސާދަށް ބޮޑު އިންގިލާބެއް!ޚަބަރު | 16 ދުވަސް ކުރިން