logo
MPL

MPL

ޚަބަރު

ރަސްމާލެއަށް އަހަރަކު 1 މިލިއަން ފަތުރުވެރިން؛ އިގުތިސާދަށް ބޮޑު އިންގިލާބެއް!

މުހައްމަދު މޫސާމުހައްމަދު މޫސާ
24 އޮކްޓޯބަރު 2026 - 12:59
ރަސްމާލެއަށް އަހަރަކު 1 މިލިއަން ފަތުރުވެރިން؛ އިގުތިސާދަށް ބޮޑު އިންގިލާބެއް!

ރަސްމާލޭގައި އީގަލް ހިލްސް މެދުވެރިކޮށް ކުރިއަށްގެންދާ މަޝްރޫއަކީ ދިވެހި ދައުލަތަށް ހިރާސް އެންމެ ކުޑަ އަދި އެންމެ ފައިދާ ބޮޑު ގޮތުގައި ހިންގޭނެ މަޝްރޫއެއް ކަމަށާއި، މި މަޝްރޫއު ނިމުމުން އެތަނަށް އެކަނިވެސް އަހަރަކު 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރު ހާސިލުކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން 4 ލައްކަ މީހުންގެ އާބާދީއެއް އޮތް ރާއްޖޭގެ އިގުތިޞާދު ސިންދަފާތު ކުރުމުގައި ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ރީތިކަމާއި އަމާންކަމުގެ ބޭނުން ހިފައިގެން ރިއަލްއެސްޓޭޓް ޓޫރިޒަމް ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރިއަލްއެސްޓޭޓް ޕްރޮޕަޓީތައް 99 އަހަރަށް ލީޒް އުސޫލުން ދޫކުރާއިރު، ޖޮއިންޓް ވެންޗާ އުސޫލުން ހިންގުމަކީ ދައުލަތަށް ހިރާސް ބޮޑު ކަމެއް ކަމަށާއި، އެންމެ ފައިދާހުރި ގޮތަކީ ޕްރޮޕަޓީތަކުގެ ބާރު ދައުލަތަށް އޮވެ ކޮންމެ މުއާމަލާތަކުން އާމްދަނީ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ރަސްމާލޭގައި ތަރައްގީކުރާ 8،800 އަށްވުރެ ގިނަ ޕްރޮޕަޓީގެ ފުރަތަމަ މުއާމަލާތުން އެކަނިވެސް ދައުލަތަށް %10 ގެ އާމްދަނީއެއް ލިބޭނެ ކަމަށާއި، އޭގެ ތެރެއިން 3.1 ބިލިޔަން ޑޮލަރު އަދި ކޮންމެ ޕްރޮޕަޓީއެއްގެ ފުރަތަމަ މުއާމަލާތުން 1.2 ބިލިޔަން ޑޮލަރު ދައުލަތަށް ވަންނާނެ ކަމަށް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއު އެއްކޮށް ނިމުމުން ރަސްމާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަބަބުން އަހަރަކު 2 ބިލިޔަން ޑޮލަރު ގެ އާމްދަނީއެއް އިގުތިސާދަށް ލިބޭނެއެވެ. އަދި މިހާރު ރާއްޖޭގައި ހުރި ޕްރޮޕަޓީތަކާ އަޅާބަލާއިރު ހެކްޓަރަކަށް ޓީޖީއެސްޓީގެ ގޮތުގައި ލިބޭ އާމްދަނީ 8 ގުނަ އިތުރުވެގެންދާނެ ކަމަށްވެސް ބަޔާންކުރެއްވިއެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ސަބަބުން ޕްރައިވެޓް ސެކްޓަރުން 15،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދި، ވަޒީފާތަކަށް ސަރުކާރަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރިއަލްއެސްޓޭޓް ދާއިރާ ފުޅާވުމަކީ ފަތުރުވެރިކަމަށް ހީނަރުކަމެއް އަންނާނެ ކަމެއް ނޫން ކަމަށާއި، އޭގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެ ދާއިރާ އިތުރަށް ކުރިއަރައިގެންދާނެ ކަމަށްވެސް ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެއަށް އަހަރަކު 1 މިލިއަން ފަތުރުވެރިން؛ އިގުތިސާދަށް ބޮޑު އިންގިލާބެއް!ޚަބަރު | ގަޑިއިރެއް ކުރިންމަޝްރޫއުތައް ނިންމަން 58 ބިލިއަން ރުފިޔާ ބޭނުންވޭ: މުއްތަލިބްޚަބަރު | 5 ދުވަސް ކުރިންރަސްމާލޭގެ މަޝްރޫއު ކުރިއަށް ގެންދާނީ ޕީއެސްއައިޕީ އުސޫލުން: މުއްތަލިބުޚަބަރު | 5 ދުވަސް ކުރިންގޯތީގައި ގެދޮރު އަޅަން ބޭނުންވާ އިކުއިޓީ ސަރުކާރުން ދެނީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް: ވަޒީރު މުއްތަލިބްޚަބަރު | 5 ދުވަސް ކުރިން