logo
MPL

MPL

ޚަބަރު

މަޝްރޫއުތައް ނިންމަން 58 ބިލިއަން ރުފިޔާ ބޭނުންވޭ: މުއްތަލިބް

އަޙުމަދު ރަމީޒު
19 އޮކްޓޯބަރު 2026 - 08:56
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ފަށާފައިވާ މަޝްރޫއުތައް ނިންމުމަށް 58.8 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ވަޒީރު އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ލިޔުމުން ޖަވާބު ހޯދުމަށް ކުރެއްވި ސުވާލަށް ދެއްވި ޖަވާބު ގައެވެ.

ޝަމްހީދު ވަނީ ހައުސިން މިނިސްޓްރީގެ ދަށުން ފަށާފައިވާ މަޝްރޫއުތައް ނިންމުމަށްޓަކައި ބޭނުންވާނެ ކަމަށް ލަފާކުރެވޭ ޖުމްލަ ބަޖެޓަކީ ކޮބައިތޯ އަދި މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްޓަކައި މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ ކިހާ މިންވަރެއްގެ ފައިސާއެއްތޯ ސުވާލު ކުރައްވާފަ އެވެ.

މިނިސްޓަރު މުއްތަލިބު ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވީ މަޝްރޫއުތައް ނިންމުމަށް 58،831،473،267 ރުފިޔާ ބޭނުންވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި އަހަރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޕްރޮގްރާމް ބަޖެޓްގެ ގޮތުގައިކަން ފާހަގަކުރައްވާ މުއްތަލިބް ވިދާޅުވީ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޕްލޭނާ އެއްގޮތަށް މަޝްރޫއުތަކަށް ބަޖެޓު ހަމަޖައްސަނީ ފިނޭންސް މިނިސްޓްރީން ކަމަށެވެ.

އެހެންވެ މި އަހަރުގެ ބަޖެޓުގައި ވަކި މަޝްރޫއުތަކަށް ވަކި މިންވަރެއް ކަނޑައެޅިފައެއް ނުވާ ކަމަށްވެސް މުއްތަލިބް ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބައެއް މަޝްރޫއުތައް މިވަގުތު މަޑުޖެހިފައިވީ ނަމަވެސް އަންނަ އަހަރުން ފެށިގެން ހުރިހާ މަޝްރޫއެއްވެސް ބާރު ދުވެލީގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ދެއްވާފައިވެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޝްރޫއުތައް ނިންމަން 58 ބިލިއަން ރުފިޔާ ބޭނުންވޭ: މުއްތަލިބްޚަބަރު | ގަޑިއިރެއް ކުރިންގޯތީގައި ގެދޮރު އަޅަން ބޭނުންވާ އިކުއިޓީ ސަރުކާރުން ދެނީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް: ވަޒީރު މުއްތަލިބްޚަބަރު | 8 ގަޑިއިރު ކުރިން ބުރިޖުގެ ސްޓްރަކްޗަރއަށް އެއްވެސް ގެއްލުމެއް ނުވޭ:ވަޒީރު މުއްތަލިބްޚަބަރު | މަހެއް ކުރިންއިގްތިސާދު ރަނގަޅުވާއިރަށް އައްޑޫ ބްރިޖުގެ މަޝްރޫޢު ފެށުމަށް ތައްޔާރުވަނީޚަބަރު | 3 މަސް ކުރިން