logo
MPL

MPL

ޚަބަރު

އިގްތިސާދު ރަނގަޅުވާއިރަށް އައްޑޫ ބްރިޖުގެ މަޝްރޫޢު ފެށުމަށް ތައްޔާރުވަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
3 އޯގަސްޓު 2026 - 19:30
އިގްތިސާދު ރަނގަޅުވާއިރަށް އައްޑޫ ބްރިޖުގެ މަޝްރޫޢު ފެށުމަށް ތައްޔާރުވަނީ

މެދު އިރުމަތީގެ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް މަޑުޖެހުން އައިސްފައިވާއިރު، އެކަމުގެ އަސަރުކޮށްފައިވާ ރާއްޖޭގެ އިގްތިސާދީ ހާލަތު ހަމައަކަށް އެޅޭއިރަށް އައްޑޫގެ ބްރިޖުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު އަޙްމަދުދީދީ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އައްޑޫ ބްރިޖުގެ މަޝްރޫއުގެ ޑީޓެއިލް ޑިޒައިނާއި، އީ.އައި.އޭ އަދި ފީސިބިލިޓީގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. މި މަސައްކަތްތައް އަވަސްކުރަނީ އިގްތިސާދީ ހާލަތު ތަންދޭއިރަށް މަޝްރޫއު ފެށޭވަރަށް ތައްޔާރުވެ ތިބުމަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތާއި ދަރަނި ހުރި ގޮތުން މިވަގުތު ބޮޑު މަޝްރޫއެއް ހިންގުމަށް ލޯނު ނެގުމަކީ ދަތި ކަމެކެވެ. 

"އަޅުގަނޑުމެން މި ކުރާ ކަމަކީ ވީހާ ވެސް އަވަހަކަށް ޑިޒައިން މަސައްކަތްތަކާއި އެހެން ހުރިހާ މަސައްކަތްތަކެއް ނިންމުން. އެހެންވީމާ، އިގުތިސާދީގޮތުން އަޅުގަނޑުމެންނަށް އެ ފުރުޞަތު ލިބެންވާއިރަށް މަސައްކަތް ފެށޭވަރަށް ތައްޔާރުވުމަށް ޓަކައި ބޭނުންވާ ހުރިހާ ޑިޒައިނާއި ޑޮކިއުމެންޓޭޝަނާ ހުރިހާ މަސައްކަތެއް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ފީސިބިލިޓީއަށް ބޭނުންވާ ވޯކް ސައިޓްތައް ފާހަގަކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އެކަމަށް ބޭނުންވާ ބިންތައް ފާހަގަކޮށް ފޮނުވައިދިނުމަށް އެދި ކައުންސިލްތަކަށް މިހާރު ސިޓީ ފޮނުވާފައިވާ ކަމަށް ވެސް ޑރ. މުއްތަލިބު މައުލޫމާތު ދެއްވިއެވެ.

މިނިސްޓަރު ވަނީ، ލިޔެކިޔުންތަކާއި ޑިޒައިންގެ މަސައްކަތްތައް ނިމިފައި ހުރުމުން، އިގްތިސާދު ރަނގަޅުވެ ލޯނު ނެގޭނެ މަގު ފަހިވުމާއެކު އެއްވެސް ލަސްކަމެއް ނެތި އަމަލީ މަސައްކަތް ފެށުމަށް ސަރުކާރު އޮތީ ތައްޔާރަށް ކަމުގެ ޔަގީންކަން ދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެއަށް އަހަރަކު 1 މިލިއަން ފަތުރުވެރިން؛ އިގުތިސާދަށް ބޮޑު އިންގިލާބެއް!ޚަބަރު | 12 ދުވަސް ކުރިންމަޝްރޫއުތައް ނިންމަން 58 ބިލިއަން ރުފިޔާ ބޭނުންވޭ: މުއްތަލިބްޚަބަރު | 17 ދުވަސް ކުރިންގޯތީގައި ގެދޮރު އަޅަން ބޭނުންވާ އިކުއިޓީ ސަރުކާރުން ދެނީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް: ވަޒީރު މުއްތަލިބްޚަބަރު | 17 ދުވަސް ކުރިންރަސްމާލެއިން ގަންނަ ތަންތަން ވާރުތަވާނެ ކަމަށް ދައްކާ ވާހަކަތައް ހައުސިންގް މިނިސްޓަރު ދޮގު ކުރައްވައިފިޚަބަރު | މަހެއް ކުރިން