logo
Bank of Maldives

Bank of Maldives

ޚަބަރު

ރަސްމާލެއިން ގަންނަ ތަންތަން ވާރުތަވާނެ ކަމަށް ދައްކާ ވާހަކަތައް ހައުސިންގް މިނިސްޓަރު ދޮގު ކުރައްވައިފި

އަޙުމަދު ރިޝާން
27 ސެޕްޓެމްބަރު 2026 - 08:13
މުއްތަލިބު، ފޮޓޯ: މަޖިލިސް
މުއްތަލިބު، ފޮޓޯ: މަޖިލިސް

 

ރަސްމާލޭގައި ތަރައްޤީކުރާ 20 ބިލިޔަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫޢާ ގުޅިގެން، އެތަނުން ގަންނަ ޕްރޮޕަޓީތައް އޮޓަމެޓިކުން ވާރުތަވާނެކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ ހަރުކަށިކޮށް ދޮގުކުރައްވައިފި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

 އަބޫދާބީގެ "އީގަލް ހިލްސް" އާއެކު މިމަހުގެ 21 ވަނަ ދުވަހު ސޮއިކުރި މި ބޮޑު އެއްބަސްވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން ވަޒީރު ވިދާޅުވީ، ރަސްމާލެއިން ގަންނަ ތަނެއްގެ މިލްކުވެރިކަން އޮންނާނީ ހަމައެކަނި އެ ޕްރޮޕަޓީއަކަށް ކަމަށާއި އެތަން ހިމެނޭ ބިމަކީ ދިވެހި ދައުލަތުގެ މިލްކެއް ކަމަށެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު އިތުރަށް ތަފުސީލުކޮށްދެއްވި ގޮތުގައި، އެފަދަ ތަނެއް ވިއްކާލުމަށް ނުވަތަ ވެރިމީހާ މަރުވުމުން ވާރުތަވުމަށް ހުއްދަ ލިބޭނީ ދިވެހި ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ކަނޑައެޅިފައިވާ ޚާއްޞަ ފީއެއް ދެއްކުމަށްފަހުގައެވެ. އަދި ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކުން އެމީހަކަށް ނުވަތަ އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމަށް ބުނެދެކެވޭ ވާހަކަތަކަކީވެސް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، ވިސާ ދޫކުރުމާއި ކެންސަލްކުރުމުގެ ބާރު އޮންނާނީ ހަމައެކަނި އިމިގްރޭޝަން ޤާނޫނުގެ ދަށުން އެ އިދާރާއަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހި ދައުލަތް މުއްސަނދިވެ ތަރައްޤީވަމުން ދިއުމަކީ މިނިވަންކަން ވަރުގަދަވެ، ބޭރުގެ ނުފޫޒުތަކުން ސަލާމަތް ވުމަށް މުހިންމު ކަމެއް ކަމަށް ވިދާޅުވަމުން ވަޒީރު މުއްޠަލިބު ވަނީ ރާއްޖެއަށް ބޭނުންވަނީ ކުރު މުއްދަތުގެ މަންފާއަށްވުރެ ބޮޑަށް، ޖީލުތަކަށް ދެމިގެންދާ ފަދަ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ހުރި ބޭރު ފަރާތްތަކުގެ ރިސޯޓުތަކާއި ވިޔަފާރިތަކަކީވެސް ޤާނޫނީ ހަމަތަކުގެ މަތިން ވިއްކައި، ބަދަލުކޮށް، ވާރުތަވަމުންދާ މުދާތަކެއްކަން އެމަނިކުފާނު ހަނދުމަކޮށްދެއްވިއެވެ.

މި 20 ބިލިޔަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އެގޮތުން، ސާފު ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައި ގާތްގަނޑަކަށް 18 ބިލިޔަން ޑޮލަރު ވަދެ، ސީދާ އަދި ނުސީދާކޮށް 54،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދޭނެއެވެ. މީގެއިތުރުން، މަޝްރޫޢު ނިމިގެންދާއިރު އަހަރަކު އެއް މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު 2 ބިލިޔަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެއިން ގަންނަ ތަންތަން ވާރުތަވާނެ ކަމަށް ދައްކާ ވާހަކަތައް ހައުސިންގް މިނިސްޓަރު ދޮގު ކުރައްވައިފިޚަބަރު | ގަޑިއިރެއް ކުރިންވިތުހޯލްޑިން ޓެކްސް ބޮޑު ކުރުމުން ދިވެހި ކޮންޓްރެކްޓަރުންނަށް ވާދަވެރި މާހައުލެއް ޤާއިމްވާނެޚަބަރު | މަހެއް ކުރިންއިގްތިސާދު ރަނގަޅުވާއިރަށް އައްޑޫ ބްރިޖުގެ މަޝްރޫޢު ފެށުމަށް ތައްޔާރުވަނީޚަބަރު | 2 މަސް ކުރިންއައްޑޫ ލިންކު ރޯޑުގެ މަސައްކަތް އަވަސްކުރެވޭނެ ގޮތެއް ހޯދަނީޚަބަރު | 2 މަސް ކުރިން